އެމެރިކާގެ ރައީސް ޓްރަމްޕަށް، ކޮރޯނާ ވައިރަސް އަށް ތައްޔާރުކޮށް ތަހުލީލު ކުރަމުންދާ އެންޓިބޮޑީއެއް ދީފިކަމަށް ޓްރަމްޕްގެ ޑޮކްޓަރުންނާ ހަވާލާދީ، ވައިޓް ހައުސް އިން ހާމަކޮށްފިއެވެ.

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އަދި އަންހެނުން މެލާނިއާ ޓްރަމްޕް، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ހުކުރު ދުވަހު ވަނީ އިއުލާން ކޮށްފައެވެ. އަދި ދެމަފިރިން އެކުގައި ކަރަންޓީނުވެފައިވާކަން ވެސް ޓްރަމްޕް ވަނީ ހާމަ ކުރަށްވާފައެވެ.

ރީޖެނެރޮން ނަމަކަށް ކިޔާ ބޭސް އުފައްދާ ކުންފުނީގެ އެންޓިބޮޑީ އަކީ އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ހުއްދަ ދެވިފައިވާ އެންޓިބޮޑީއެއް ނޫނެވެ. ނަމަވެސް ތަހުލީލުތައް ކުރިއަށް ގެންދާ، ކޯވިޑް-19 އިން ދިފަޢުވުމަށްދޭ މި އެންޓިބޮޑީ ނޫނީ ދިފާޢީ ބާރު ބޭސް އެމެރިކާގެ ރައީސްއަށް ދިނީ ރައީސްގެ އެދިވަޑައިގެންނެވުމަކަށް ކަމުގައި ރީޖެނެރޮންގެ ޗީފް އެކްޒެކެޓިވް ވިދާޅުވެފައިވެއެވެ. އަދި އޭނާ ގަބޫލު ކުރާ ގޮތުގައި އެމެރިކާގެ ރައީސްގެ ސަމާލުކަމަށް އެކުންފުނީގެ އެންޓިބޮޑީ އައިސްފައިވަނީ، އެންޓިބޮޑީ ގެ ތަހުލީލުތައް ކާމިޔާބު ކަމަށް އަދި ދައްކަމުންދާތީއެވެ.

ބަލީގެ ސަބަބުން މާ ބޮޑު އުނދަގޫތަކެއް ނުވާކަމަށް ވިދާޅުވެ މާސްކް އެޅުމާ ދެކޮޅަށް ވަކާލާތުކުރެއްވި ޓްރަމްޕް އެމެރިކާގައި ބަލި ކޮންޓްރޯލުކުރުމުގައި ފެއިލްވެ ވަރަށް ބޮޑެތި ފާޑުކިޔުންތައްވެސް އަމާޒުވިއެވެ. އެމެރިކާއަކީ ކޮވިޑް-19 ގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމު ކަން ފާހަގަކޮށްލެވެއެވެ. އެ ގައުމުން މިހާތަނަށް 7 މިލިއަނަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައިވާއިރު، ބަލީގައި 2 ލައްކަ އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން