ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފުމުގައި އިސްލާމްދީނުގެ މަތިވެރި ޝިއާރުތަކަށާއި ޙުކުމްތަކަށް ފުރިހަމައަށް އިޙުތިރާމް ކުރަން ޖެހޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ޑރ. ޝަހީމް ވިދާޅުވީ، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި މަތިވެރި މަޤުޞަދަކަށްޓަކައި ޙިމާޔަތްކޮށްފައިވާ މަތިވެރި ޙައްޤެއް ކަމަށެވެ. ނަމަވެސް، މި ޙައްޤުގެ ބޭނުން ހިފުމުގައި ވަކި އިންތަކެއް ކަނޑައެޅިފައިވާކަން އެމަނިކުފާނު ހަނދާން ކޮށްދެއްވިއެވެ.
ޚާއްޞަ ގޮތެއްގައި ސިޔާސީ ގޮތުން ޚިޔާލު ފާޅުކުރުމުގައި، އިސްލާމްދީނުގެ ޙުކުމްތަކާއި، ރުކުންތަކާއި، އަދި ދީނުގެ ޝިއާރުތަކަށް އިޙުތިރާމްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. ހަމައެއާއެކު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައިވާ ރޫޙަކީ ވެސް އެއީކަން ޑރ. ޝަހީމް ފާހަގަ ކުރެއްވިއެވެ.
"އިސްލާމްދީނުގެ ޙުކުމްތަކާއި ރުކުންތަކާއި ޝިޢާރުތަކަށް އެންމެހައި މުސްލިމުން އިހުތިރާމް ކުރަންވާނެ." ވަޒީރު ވިދާޅުވިއެވެ.
ޑރ. ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ، ސިޔާސީ މަސްރަޙުގައި ތަފާތު ޚިޔާލުތައް ފާޅުކުރަމުންދާއިރު، ދީނީ މުޤައްދަސް ކަންކަމަށް އުނިކަން ނާންނާނެ ގޮތަކަށް ޢަމަލުތައް ބެހެއްޓުމުގެ މުހިންމުކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ރާއްޖޭގެ މީޑިއާއެއްގައި ކުރެހި ކާޓޫނެއްގެ މައްސަލަ ބޮޑުވެ، އެ މައްސަލަ މީޑިއާ ކޮމިޝަނުން މިހާރު ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު