ބާކީ އެއް މެޗު އޮއްވައި ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ ފުޓްސަލް ޓީމުން ހޯދައިފިއެވެ.
ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމް ހޯދާފައިވަނީ، މިއަދު ކުޅުނު މެޗުގައި ބޫޓާންގެ މައްޗަށް 3-1 އިން ކުރި ހޯދައިގެންނެވެ.
ބެންކޮކުގެ ނޮންތަބުރީ އިންޑޯ ހޯލުގައި މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ބޫޓާން ޓީމުންނެވެ. ރާއްޖޭން މެޗު ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރައި ޖެހި 3 ގޯލުންނެވެ. އެގޮތުން ރާއްޖެއަށް ގޯލްތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދު (ޖެންނޭ) އާއި، އަހްމަދު ހަމީދު (އައްމަޑޭ) އާއި، ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އެވެ.
ރާއްޖެއިން މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރު ކޮށްފައި މިވަނީ، ބާކީ އެއް މެޗު އޮއްވައެވެ. ހަމައެއާއެކު ރާއްޖޭން މިހާތަނަށް ކުޅުނު ފަސް މެޗު ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯއް ވަނީ ޤާއިމް ކޮށްފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭން ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ބަންގްލަދޭޝް އަތުން މޮޅުވީ 6-1 އިންނެވެ. އޭގެ ފަހުން އިންޑިއާ އަތުން 5-0 އިން މޮޅުވެ، ނޭޕާލް އަތުން ރާއްޖެ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގައި ރާއްޖޭގެ ފަހުމެޗުގައި އަންނަ ހޯމަ ދުވަހު ނިކުންނާނީ ސްރީލަންކާ އާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު