ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން ބޭއްވި ޚާއްޞަ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ނިމިދިޔަ ސަރުކާރުން ކަނޑު ފަޅުތަކުން ދޫކޮށްފައިވާ ގޯތިތައް ހިއްކައި ނިންމައި، އެ ތަންތަން ޙަވާލުކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ކުރިއަށް ގެންދަނީ ވަރަށް ހަލުވި ދުވެއްޔެއްގައެވެ. މިގޮތުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކައި ނިމިފައިވާއިރު، ގިރާވަރުފަޅާއި ގުޅީފަޅުން ގޯތިތައް ދީ ނިންމައި، ލިޔުންތައް ޙަވާލުކުރުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.
"ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި އޮތީ ހިއްކާ ނިމިފައި މިހާރު، ގިރާވަރުފަޅު، ގުޅީފަޅުން ގޯތިތައް ދީ ނިމި ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތްވެސް ކުރިއަށް، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެ، ދެ ޑްރެޖަރު އެތަނުގެ ކައިރީގައި،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، ކުރީގެ ސަރުކާރުން ދޫކުރި ފްލެޓްތަކުގެ މަސައްކަތްތައް ނިންމައި ޙަވާލުކުރުމުގެ ކަންކަން ވެސް ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢު ކަމަށްވާ ފުށިދިއްގަރު ފަޅު ނުވަތަ 'ރަސްމާލެ' ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަސައްކަތް ވެސް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.
"މާރިޗް/އޭޕްރިލް މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހަމަ މިހާރުވެސް އަޅުގަނޑުމެން އަންދާޒާ ކުރާ ގޮތަށް އެތަން ނިމޭއިރުގައި އެތަނުން ޕްލޭންކޮށްފައިވާ ގޯތިތައް ލިބޭނެ ފަރާތްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކަނޑައަޅައި، ނިންމައި ލިޔުން ހަވާލު ކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު