"ތައުލީމީ ޒުވާނުންނަށް ކުރޭވޭ މަލާމާތެއް: ރައީސް ވިދާޅުވާ ތައުލީމީ ސިޔާސަތާއި ސަރުކާރުން އަމަލުކުރާގޮތް ދިމާ 'އިދިކީލަ!
"ތައުލީމީ ޒުވާނުންނަށް ކުރޭވޭ މަލާމާތެއް: ރައީސް ވިދާޅުވާ ތައުލީމީ ސިޔާސަތާއި ސަރުކާރުން އަމަލުކުރާގޮތް ދިމާ 'އިދިކީލަ!
ބައިނަލްއަގުވާމީ ތައުލީމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި އުއްމީދީ ވާހަކަފުޅުތަކާއި، ސަރުކާރުގެ އަމަލީ ސިޔާސަތުތަކާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ހާމަވެ، އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެއެވެ.

ތައުލީމަކީ ގައުމީ ތަރައްގީގެ "ހިތް" ކަމަށް ރައީސް ސިފަކުރެއްވި ނަމަވެސް، ކިޔަވައިގެން ތިބި ގާބިލު ޒުވާނުންނަށް ފުރުސަތު ދިނުމުގެ ބަދަލުގައި، ދައުލަތުގެ މަތީ މަގާމުތަކަށް ރިޓަޔާކޮށްފައި ތިބި މީހުން އަލުން ނެރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމުގައި ތައުލީމަށްވުރެ ސިޔާސީ ފިކުރަށް އިސްކަންދޭ މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.





ގިނަ ޒުވާނުންގެ ކަންބޮޑުވުމަކީ ބުރަ މަސައްކަތުންނާއި ބޮޑެތި ލޯނުތައް ނަގައިގެން ހޯދާ މަތީ ތައުލީމީ ސެޓްފިކެޓްތަކުގެ އަގު މި ސަރުކާރުގައި ވަޒަންނުކުރެވޭ ކަމުގެ އިހުސާސް ކުރެވެން ފެށުމެވެ. ކިޔަވައިގެން ތިބި ޒުވާނުންނަށް ވަޒީފާގެ ބާޒާރުން ފުރުސަތު ހަނިވަމުންދާއިރު، ސަރުކާރުގެ މުހިއްމު ދާއިރާތައް ހިންގަން "ބާ މޫނުތަކެއް" އިސްކުރުމަކީ އާ ޖީލުގެ އުއްމީދުތައް ފުނޑުފުނޑުވެގެންދާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އަދި ވަޒީފާ ދިނުމުގައި ގާބިލިއްޔަތަށްވުރެ ބޮޑަށް "ޕާޓީ ކާޑަށް" ބަލާކަމުގެ ޝަކުވާ ވަނީ މުޅި މުޖުތަމައުގައި ފެތުރިފައެވެ.

މީގެ އިތުރުން، އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކުގެ ނަމުގައި މުސާރަތައް "ހާމަނައިޒް" ކުރާ ކަމަށް ބުނެ، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކުޑަވެދާނެ ކަމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ. މިއީ ވަޒީފާގެ ޔަގީންކަން ގެއްލި، ތައުލީމީ ދާއިރާއިން ކުރިއަށްދާން ތިބި ޒުވާނުންނަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ރައީސް މުއިއްޒުގެ ވާހަކަފުޅުތަކަކީ ހަމައެކަނި ދެއްކުންތެރި ޝިއާރުތަކެއްގެ ގޮތުގައި ގިނަ ބަޔަކު ތުހުމަތުކުރާއިރު، ސަރުކާރުގެ މިސްރާބު ހުރީ ތައުލީމީ ޒުވާނުންގެ މުސްތަގުބަލަށް ހުރަސްއެޅޭ ގޮތަށް ކަމަށް ބުނެ ފާޑުކިޔުންތައް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު