ލޯކަލް ލެވެލެއްގައި ރަށެއްގައި ސަކަރާތް ޖަހާނެ ކައުންސިލަރުން އިންތިޚާބުކޮށްގެން ނުވާނެ ކަމަށާއި، ސަރުކާރުން ރާވާ ކަންކަމަށް ހުރަސްއަޅާ ބަޔަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ޕީއެންސީގެ ކެމްޕެއިން ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ސަކަރާތާއި، ޖަގަޑާ ހެދުމާއި، އެކި ކަހަލަ ގޮތްގޮތުން ރައްޔިތުންނާއި ސަރުކާރާ ދޭތެރެއަށް ހުރަސްތަކެއް ކުރިމަތިވާނެ ބަޔަކު ރައްޔިތުން އިންތިހާބުކޮށްގެން ނުވާނެ ކަމަށެވެ. އެގޮތުން ސަރުކާރުން ހިންގާ މަޝްރޫޢުތަކަށާއި ރާވާ ކަންކަމަށް ހުރަސްތައް މެދުވެރިކޮށް، ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފައްދާ ބަޔަކު އިންތިޚާބު ކުރުމަކީ ބުއްދިވެރިކަމެއް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.
"މި ކަންކަން ކުރަން ޖާގަ ދިނުމަކީ އެއްވެސް ރައްޔިތަކު ކުރަން ބޭނުންވާނެ ކަމެއް ނޫން. އެކަމަށް ޖާގަ ނުދެއްވާ ރައްޔިތުންނާ އެކު މި އޮތް ސަރުކާރު، ރައްޔިތުންނާ އެކު ކުރާ މަސައްކަތާ އެކު ކުރިއަށް ވަޑައިގަންނަވަން އަޅުގަނޑުމެންނާ އެކު މި ނުކުންނަ ކެންޑިޑޭޓުން ހޮވައިދެއްވާށޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓުން އިންތިޚާބުވެއްޖެ ނަމަ، ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދޭން ބޭނުންވާ ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް މަޑުޖައްސާލާނެ ބަޔަކު ކައުންސިލްތަކުގައި ތިބެގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތަރައްޤީ ލަސްކޮށް، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ހިފަހައްޓާ ބަޔަކަށް ފުރުޞަތު ނުދީ، ޤައުމީ ވިސްނުމުގައި ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަށް ހުރިހާ ރައްޔިތުން އަތުކުރި އޮޅާލުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސް ވަނީ މިސަރުކާރަކީ ގައުމީ ފިކުރާއި، ގައުމީ ވިސްނުމާއި، ގައުމީ ލޯތްބަށް އިސްކަންދޭ ސަރުކާރެއްކަން ފާހަގަކުރައްވައި، އެ މަގުން ކެމްޕެއިންގެ ކަންކަން ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައެވެ. އަދި މާތްﷲގެ ވާގިފުޅާއެކު، މި މަސައްކަތުގައި ކާމިޔާބީ ލިބޭނެކަމުގެ ފުރިހަމަ އިތުބާރު އެބަައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު