ރޯދަ މަހުގެ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ރޭ ބަހަން ފަށައިފިއެވެ.
މި އަހަރު ޖުމުލަ 118،773 ގޭބިސީއަކަށް މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި އަތޮޅުތަކުގެ 56،918 ގޭބިސީއާއި މާލެ ސަރަހައްދުގެ 61،755 ގޭބިސީ ހިމެނެއެވެ. ކޮންމެ ގޭބިސީއަކަށް ވެސް ލިބޭނީ 48 ދަޅުގެ އެއް މަސްދަޅު ކޭހެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދާނީ ކޮންމެ ރެއެއްގެ 20:00 އިން 23:00 އަށެވެ. މި މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން، ކަރަންޓު މީޓަރު ނަންބަރާއި ބިލު ނަންބަރު ފަދަ މައުލޫމާތުތަކަށް ބެލުމަށްފަހު ކޮންމެ ރެއަކު 300 ޓޯކަން ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި އާންމުންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި ޓޯކަން ނަންބަރު ނެގުމަށް ޚާއްސަ ޕޯޓަލެއް ވެސް މިހާރު ވަނީ ތައާރަފުކޮށްފައެވެ.
ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ރޭ އެކަނިވެސް މާލެއިން 4،805 ގޭބިސީއަކުން ވަނީ ޕޯޓަލް މެދުވެރިކޮށް ނަންބަރު ނަގާފައެވެ. މީގެ އިތުރުން، އަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށާއި، މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ ރަށަކަށް މަސްދަޅު ފޯރުކޮށްދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ޖުމުލަ 15 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރާ ގޮތަށް ވަނީ ހަަމަޖެހިފައެވެ. އޭގެ ތެރޭގައި މާލޭގެ 8 ތަނަކާއި، ހުޅުމާލޭގެ 6 ތަނެއްގެ އިތުރުން ވިލިމާލޭގެ މަރުކަޒެއް ހިމެނެއެވެ.
އެ ތަންތަނަކީ:
މިފްކޯ މަރުކަޒު
ސޯޝަލް ސެންޓަރު
އެމްޓީސީސީ ސޯމިލް
ހެންވޭރު ސޯމިލް
ގަލޮޅު ދަނޑުގެ ހަތަރު ސަރަހައްދު
އުމަރު ޒާހިރު ބިލްޑިންގ
ޕޮލްކޯ ޓަވަރުގެ ތިރީ ފަންގިފިލާ
މުހައްމަދު ގާސިމް ޕްރީސްކޫލް
ކާމިލްދީދީ ސްކޫލް
ހިޔާ ޓަވަރު 10
ވިނަރެސް ފްލެޓް ސަރަހައްދު
ވިލިމާލެ ވެމްކޯ ސައިޓް
މި އިންތިޒާމުތައް ހަމަޖައްސާފައިވަނީ އާންމުން ކިޔޫގައި މަޑުކުރަން ނުޖެހޭނެ ފަދަގޮތަކަށް ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު