ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ޓީޗަރެއްގެ މައްޗަށް 5 ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ (ޕީޖީ) އޮފީހުން މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ދައުވާކުރަނީ މ. ކޮޅުފުށި، ސާދާގެ، ޝުއައިބު ޢަބްދުﷲ ގެ މައްޗަށެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ މ. އަތޮޅު މަދަރުސާގެ ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި ހުރެ ޝުއައިބު އަބްދުﷲ އެ ސްކޫލް ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މިމަހުގެ 21 ވަނަ ދުވަހު މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް 5 ދައުވާއެއް ކުރަން ނިންމާފައި ވާއިރު އޭގެ ތެރޭގައި، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ އާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ ދެ ދައުވާ އަދި ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ހިމެނެއެވެ.
މި ދަޢުވާތަކަކީ ޝުޢައިބު ޢަބްދުﷲ، މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވައިދޭ ދެ ކުއްޖެއްގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީ އާއި އެކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ ކޮށްފައިވާ ދައުވާތަކެއް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މި ދައުވާތައް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް މަދުވެގެން 60 އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު