ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ބަލީގެ އަލާމަތްތައް ފެންނަން ފެށުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮސްޕިޓްލުގައި އެޑްމިޓް ކޮށްފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި މެރިން ވަން ހެލިކޮޕްޓަރުގައި ޑޮނަލްޑް ޓްރަމްޕް ވަނީ ވަލްޓަރ ރީޑް ނެޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރަށް ގެންދެވިފައިވެއެވެ. ޓްރަމްޕްގެ ޑޮކްޓަރުގެ ލަފާގެ މަތިން، ޓްރަމްޕް ކަރަންޓީނުވެވަޑައިގެން ހުންނަވާނީ މިލިޓަރީ ހޮސްޕިޓަލްގައި ކަމަށް އެމެރިކާގެ ނޫސްތަކުގައި ހާމަކޮށްފައިވެއެވެ.

ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވް ވުމާއެކު ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވުމަށް ފައްޓަވާފައިވާ ރިޔާސީ ކެމްޕޭނަށް މިކަމުގެ ސަބަބުން ހުރަސް އެޅިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި، ޓްރަމްޕަށް، ކޮރޯނާ ވައިރަސް އަށް ތައްޔާރުކޮށް ތަހުލީލު ކުރަމުންދާ ރީޖެނެރޮން ނަމަކަށް ކިޔާ އެންޓިބޮޑީއެއް ދީފައިވާކަމަށް ޓްރަމްޕްގެ ޑޮކްޓަރުންނާ ހަވާލާދީ، ވައިޓް ހައުސް އިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން