އޮސްޓްރޭލިއާގެ ކެފޭއެއްގަ އިންދައި ހަމަލާ ލިބުނު ރަނާ އެލަސްމަރ އަދި އޭނާގެ ފިރިމީހާ ކޯޓަށް ހާޒިރުވަނީ. (ފޮޓޯ: ސީއެންއެން)
އޮސްޓްރޭލިއާގެ ކެފޭއެއްގަ އިންދައި ހަމަލާ ލިބުނު ރަނާ އެލަސްމަރ އަދި އޭނާގެ ފިރިމީހާ ކޯޓަށް ހާޒިރުވަނީ. (ފޮޓޯ: ސީއެންއެން)
މާބަނޑު މުސްލިމު އަންހެނަކަށް ހަމަލާދީ އަނިޔާ ކުރި އޮސްޓްރޭލިއާގެ މީހަކު ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

ހަތަރު ކުދިންގެ މަންމަ، ރަނާ އެލަސްމަރ އަށް އެމީހާ ހަމަލާ ދިނީ އޭނާ ސިޑްނީގެ ކެފޭއެއްގައި އިންދާ ކަމަށް ސީއެންއެންގައި ރިޕޯޓުކޮށްފައިވެއެވެ. އަދި އަނިޔާ ލިބުނު އިރު ރަނާގެ ބަނޑަށް 38 ހަފުތާ ކަމަށްވެސް ސީއެންއެންގައި ރިޕޯޓުކޮށްފައިވެއެވެ.

ބުރުގާ އަޅައިގެން އުޅޭ ރަނާއަށް އަނިޔާ ކުރުމުގެ ކުރިން، ލޮޒީނާ ކިޔާ މި ފިރިހެންމީހާ ވަނީ، ކެފޭގައި ރަނާ އިށީނދެ އިން މޭޒު ކައިރިއަށް އައިސް ވާހަކަ ވެސް ދައްކާފައެވެ. އަދި އޭނާއަކީ މުސްލިމުންނާ ދެކޮޅަށް ހަރުކަށި ވިސްނުން ގެންގުޅޭ މީގެއްކަން އޭނާގެ ވާހަކަ ތަކުން ފާހަގަ ވެފައިވާކަން ނޫސްތަކަށް މައުލޫމާތު ދެމުން ރަނާ ބުނެފައިވެއެވެ.

ސީއެންއެންގައި ރިޕޯޓުކޮށްފައިވާގޮތުން، ލޮޒީނާކިޔާ މި ފިރިހެންމީހާ ވަނީ ރަނާގައިގައި ވަރަށް ގިނަ ފަހަރު ޖަހައި، ބިންމައްޗަށް ވައްޓާލައި، ބޮލަށް ފައިންވެސް އަރާފައެވެ. މިހާހިސާބުން ކެފޭގައި ތިބި އިތުރު މީހުންނާއި، ރަނާގެ ރައްޓެހިން ވަނީ ލޮޒީނާ ދުރުކޮށް ރަނާ ސަލާމަތް ކޮށްފައެވެ.

މާބޮޑެތި އަނިޔާތަކެއް ނުލިބި ބަނޑުގައި އޮތް ދަރިފުޅުވެސް ސަލާމަތްވެފައިވާކަމަށް ނޫސްތަކަށް މައުލޫމާތު ދެމުން ރަނާ ބުނެފައިވެއެވެ.

މިމައްސަލައާ ގުޅިގެން އޮސްޓްރޭލިއާގެ ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގެ އަޑު އެހުމުގައި ރަނާއަށް ހަމަލާ ދިން ލޮޒީނާ ކުށައް އިއުތިރާފުވެފައިވާތީވެ 3 އަހަރު ދުވަހަށް ޖަލަށް ލުމަށް މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފައިވާ ކަމަށް ވެސް ސީއެންއެންގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން