އެމެރިކާގެ އިރުމަތީ އައްސޭރީގެ ސަރަހައްދުތަކަށް މޫސުން ގޯސްވެ، ގަދަ ފިންޏާއެކު ބޯކޮށް ސްނޯ ފައިބަމުންދާތީ، އެ ގައުމުގެ ގައުމީ މޫސުމާ ބެހޭ އިދާރާ (އެން.ޑަބްލިއު.އެސް) އިން އިންޒާރު ނެރެފިއެވެ. މޫސުމާ ބެހޭ އިދާރާއިން ހޮނިހިރު ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ކެރޮލައިނާ ސަރަހައްދުތަކަށް ބާރުގަދަ ތޫފާނެއްގެ އަސަރުކޮށް، ބޯކޮށް ސްނޯ ފޭބުމާއެކު ގަދަވަޔާއި ބްލިޒަރޑް ނުވަތަ ގަނޑުފެނުގެ ތޫފާނެއް ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ.
މިހާރުވެސް ސަަދަން އެޕަލޭޗިއަންސް އާއި ކެރޮލައިނާ ޕީޑްމޮންޓްގެ އިތުރުން ކޯސްޓަލް ޕްލެއިންސް ސަރަހައްދުތަކަށް ބޯކޮށް ސްނޯ ފައިބަމުންދާއިރު، ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ނިޔަލަށް އިތުރު 4 އިންޗިއާއި 8 އިންޗިއާ ދެމެދުގެ ސްނޯ ފައިބާނެ ކަމަށް ލަފާކުރެވެއެވެ. މި ގަދަ ފިނިކަން ދެކުނުގެ ސަރަހައްދުތަކަށް ފެތުރި، އާދިއްތަ ދުވަހުގެ ހެނދުނާ ހަމައަށް ފްލޮރިޑާގެ ދެކުނުގެ ސަރަހައްދުތަކުގެ ފިނިހޫނުމިން ސުމަކަށް ވުރެ ދަށަށް ދާނެ ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
މިދިޔަ ހަފުތާގައި ކުރިމަތިވި އާކްޓިކް ފިނިގަނޑުގެ ސަބަބުން އެމެރިކާގެ އިރުމަތީ ބިތުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ދަތުރުފަތުރަށް ހުރަސް އެޅި، 100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ގިނަ މީހުން މަރުވެފައިވަނީ ގަދަ ފިނީގެ ސަބަބުން ހައިޕޯތާމިއާ (ހަށިގަނޑުގެ ފިނިހޫނުމިން އާދަޔާ ހިލާފަށް ދަށްވުން) ކުރިމަތިވެގެންނާއި، ސްނޯގެ ތެރޭގައި ކުޅޭ ކުޅިވަރުތަކުގައި ހިނގި އެކްސިޑެންޓްތަކުގައެވެ.
މި ހާލަތާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަކަންސަސް، ޖޯޖިއާ، އިންޑިއާނާ، ކެންޓަކީ، ލުއިޒިއާނާ، މެރީލޭންޑް، މިސިސިޕީ، ނޯތު ކެރޮލައިނާ، ސައުތު ކެރޮލައިނާ، ޓެނެސީ، ވާޖިނިއާ އަދި ވެސްޓް ވާޖިނިއާ ހިމެނޭހެން ބައެއް ސްޓޭޓްތަކުގައި ފެޑަރަލް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައެވެ. މީގެ ސަބަބުން މަގުތައް ސާފުކުރުމާއި، ކަރަންޓު އިއާދަކުރުމާއި، ކާބޯތަކެއްޗާއި ބްލެންކެޓް ފަދަ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް ދަނީ ފެޑަރަލް ވަސީލަތްތައް ބޭނުންކުރަމުންނެވެ. މި އިންތިޒާމުތަކުގެ ދަށުން ފެޑަރަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (ފީމާ) އިން މިހާރުވެސް 300 އަށްވުރެ ގިނަ ޖެނެރޭޓަރާއި، 7 މިލިއަން ކާނާގެ ޕެކެޓާއި، 3 މިލިއަން ލިޓަރުގެ ފެނުގެ އިތުރުން 650،000 ބްލެންކެޓް މުހިންމު ސަރަހައްދުތަކަށް ފޮނުވާފައިވާ ކަމަށް ބުނެއެވެ.
ނަމަވެސް، ހޮނިހިރު ދުވަހުގެ މެންދަމުން ފެށިގެން އެމެރިކާ ސަރުކާރުގެ ބައެއް އިދާރާތައް "ޝަޓްޑައުން" ކޮށްފައިވާތީ، ފީމާ ހިމެނޭ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއަށް ބޭނުންވާ ފައިސާ ލިބުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. މީގެ ސަބަބުން ކާރިސާގެ ވަގުތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން ސެނެޓަރ ތޮމް ޓިލިސް ވަނީ ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު