ފާއިތުވި 66 މިލިއަން އަހަރު ކުރިން، ގާތްގަނޑަކަށް 10 ކިލޯމީޓަރުގެ ބޮޑު އެސްޓެރޮއިޑެއް ދުނިޔޭގައި ޖެހި، އޭރު ދުނިޔޭގައި ރަސްކަން ކުރަމުންދިޔަ ޑައިނަސޯރުންގެ ޒަމާން އެއްކޮށް ނިމުމަކަށް ގެނައެވެ. ނަމަވެސް، މިއަދު އިންސާނުންނަކީ މިފަދަ ކާރިސާއެއް ދުރާލައި ދެނެގަނެ، އެކަމުން ދުނިޔެ ސަލާމަތްކުރުމުގެ ގާބިލުކަން ލިބިފައިވާ ފުރަތަމަ ދިރޭ މަޚްލޫގުންނެވެ. މިހާރު އުފެދޭ ސުވާލަކީ، އެފަދަ ނުރައްކަލެއް ކުރިމަތިވާއިރު އަހަރެމެން ތިބޭނީ ފުރިހަމައަށް ތައްޔާރުވެގެންތޯއެވެ؟
ދުނިޔެ ވަށައިގެން މިވަގުތުވެސް 40 މީޓަރަށްވުރެ ބޮޑު އެއް މިލިއަނެއްހާ އެސްޓެރޮއިޑް ދައުރުވަމުންދާއިރު، އޭގެ ތެރެއިން 25,000 އެސްޓެރޮއިޑަކީ ދުނިޔެއާ ނުރައްކާތެރި މިންވަރަކަށް ކައިރިން ދަތުރުކުރާ ތަކެއްޗެވެ.
2013 ވަނަ އަހަރު ރަޝިޔާގެ ޗެލްޔަބިންސްކްއަށް ވެއްޓުނު 20 މީޓަރުގެ ކުޑަ އެސްޓެރޮއިޑަކީ މީގެ ހެއްކެކެވެ. އެ އެސްޓެރޮއިޑް ގޮވައިގެން ދިޔައިރު، ހިރޯޝީމާއަށް ވައްޓާލި ފަދަ 30 އެޓަމް ބޮން ގޮއްވާލުމާ އެއްވަރުގެ ބާރުގަދަ ހަކަތައެއް އުފެދި، 1,500 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. އެންމެ ބިރުވެރި ކަމަކީ، އެ އެސްޓެރޮއިޑް އައީ އިރުމަތީ ދިމާލުން ކަމަށްވުމުން، ދުނިޔޭގެ ސައިންސްވެރިންނަށް އެ އެސްޓެރޮއިޑް ފެނުނީ ދުނިޔޭގެ ޖައްވަށް ވަން ފަހުންނެވެ.
ޖައްވީ ދިފާޢީ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން ނާސާ އާއި އެހެނިހެން އިދާރާތަކުން ދަނީ ޖައްވު ފާސްކޮށް، ނުރައްކާތެރި ތަކެތި ދެނެގަންނަމުންނެވެ. މި މަސައްކަތުގެ ތެރެއިން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހޯދި ކާމިޔާބީއަކީ ތާރީޚީ ކާމިޔާބީއެކެވެ. ނާސާގެ 'ޑާޓް' މިޝަނުން ވަނީ 'ޑިމޯފޮސް' ނަމަކަށް ކިޔާ އެސްޓެރޮއިޑެއްގައި ބާރުގަދަ އުޅަނދެއް ޖައްސައި، އޭގެ ދަތުރުކުރާ މަގު ބަދަލުކޮށްފައެވެ. ގަޑިއަކު 14,000 މޭލު ބާރުމިނުގައި ދިޔަ މި އުޅަނދު އެސްޓެރޮއިޑްގައި ޖެހުމުން، އެ އެސްޓެރޮއިޑްގެ އޯބިޓަށް 33 މިނެޓުގެ ބަދަލެއް އައެވެ.
މި ކާމިޔާބީއާއެކު އިންސާނިއްޔަތަށް ވަނީ އާ އުންމީދުތަކެއް ލިބިފައެވެ. ކުރީގެ މަޝްހޫރު ސައިންސްވެރިޔާ ގަލީލިއޯ ގަލިލީ ބުނެފައިވާ ފަދައިން، އަހަރެމެންނަށް މީހުންނަށް ކަންކަން ދަސްކޮށްދިނުމުގެ ބަދަލުގައި ކުރެވޭނެ ކަމަކީ އެމީހުންގެ އަމިއްލަ ނަފްސުގައިވާ ގާބިލުކަން ހޯދުމަށް އެހީތެރިވުމެވެ.

ކިޔުންތެރިންގެ ހިޔާލު