ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކު ސިޓީން ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕޭން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަތަކަކާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި މި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގެ އިހްލާސްތެރި ނިޔަތެއް އޮތް، އިންތިހާ ދަރަޖައިގެ ތެދުވެރި ވެރިއެއް ކަމަށެވެ.
މީގެ ކުރިންވެސް އެތައް ވެރިންނަކާއެކު މަސައްކަތް ކުރެއްވުމުގެ ތަޖުރިބާ ހުރިކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ، ރައީސް މުއިއްޒު ވަރުގެ ތެދުވެރި ބޭފުޅަކު އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް، ފަލާހުގެ މި ވާހަކަތަކަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ މަލާމާތްކޮށް "ޖޯކު" ޖަހަމުންނެވެ.
ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ފަލާހު މިފަދަ މޭރުމަކުން ވާހަކަދައްކަވަން މަޖުބޫރުވަނީ އޭނާގެ އަމިއްލަ މަސްލަހަތުތަކެއް ރައީސް މުއިއްޒާ ގުޅިފައި އޮތުމުންނެވެ. އެގޮތުން، ފަލާހުގެ ހިއްސާ އޮންނަ ކުންފުނިތައް ބަނގުރޫޓުވަމުންދާ ދަނޑިވަޅެއްގައި، އެ ކުންފުނިތަކަށް މާލީ އެހީތެރިކަން ހޯދައިދިނުމަށް ސަރުކާރުގެ ތެރެއިން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
މީގެ އިތުރުން، ހުޅުމާލެއިން ނުއަގުގައި ބިން ގަތުމުގެ މުއާމަލާތްތަކެއްގައި ރައީސް މުއިއްޒުގެ އެހީތެރިކަން ފަލާހަށް ލިބިފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ފަލާހުގެ މިފަދަ ސަނާ ކިޔުންތަކަކީ ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައާއި، ކޮރަޕްޝަނާއި ވައްކަމުގެ ތެރެއިން އަމިއްލަ އެދުން އިސްކޮށްގެން ދައްކާ ވާހަކަތަކެކެވެ. ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ސަރުކާރުން ވީވައުދުތައް ފުއްދަވަން ނޫޅެ ސަނާކިޔުން ނޫންކަމެއް ނުކުރައްވާތީ މިސަރުކާރުގެ އިޚްލާޞްތެރިކަމާމެދުވެސް އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު