މަޝްހޫރު މަހުޖަނު ޖެފްރީ އެޕްސްޓީންއާ ގުޅޭ ސިއްރު ފައިލްތަކެއް އާންމުވުމާ ގުޅިގެން، އެމެރިކާގެ ސިޔާސީ އިސްވެރިންނާއި ނުފޫޒުގަދަ ބޭފުޅުންނަށް އަމާޒުކޮށް ބިރުވެރި އަދި ހިތްދަތި ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.

މި މައްސަލާގައި އަނިޔާ ލިބުނު ކަމަށް ބުނާ މީހަކު ވަނީ، އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް.ޑަބްލިއު. ބުޝްއާ ދެކޮޅަށް ޖިންސީ ގޯނާގެ ބޮޑު ތުހުމަތެއް ކޮށްފައެވެ. އެ މީހާ ބުނާ ގޮތުގައި، އޭނާ ވަނީ ރައީސް ބުޝްގެ ފަރާތުން ރޭޕްގެ ޝިކާރައަކަށް ވެފައެވެ.

މީގެ އިތުރުން، މި ފައިލްތަކުން ހާމަވި އެންމެ ބިރުވެރި އެއް ވާހަކައަކީ އިންސާނުން ގުރުބާން ކުރުމުގެ ނަމުގައި ހިންގާފައިވާ ކަމަށް ބުނާ "ރިޗުއަލް" ތަކުގެ ވާހަކައެވެ.

އަނިޔާ ލިބުނު މީހާގެ ބަޔާނުގައިވާ ގޮތުން، އޭނާގެ ދެ ފައި ކަނޑި އެއް ބޭނުންކޮށްގެން ބުރިކޮށްލާފައިވަނީ މިފަދަ ރިޗުއަލްއެއްގެ ތެރެއިންނެވެ. މި ބަޔާނުގައިވާ ގޮތުން މި ހާދިސާތައް ހިނގާފައިވަނީ އެމެރިކާގެ އެންމެ ނުފޫޒުގަދަ މީހުންގެ ބައިވެރިވުމާ އެކުގައެވެ.

މި މައްސަލައިގެ ތެރެއިން ފެންމަތިވި އަނެއް ހިތްދަތި ތުހުމަތަކީ ކަނޑުމަތީގެ ލަގްޒަރީ ޔޮޓެއްގައި ހިނގާފައިވާ ކަމަށް ބުނާ ލޭއޮހޮރުވުން ބޮޑު ހާދިސާއެކެވެ.

މަންޒަރު ދުށް މީހާ ބުނާ ގޮތުގައި، ކުޑަކުއްޖެއްގެ ހަށިގަނޑު ކޮށާލައި، އެ ކުއްޖާގެ ގޮހޮރު ބޭރަށް ނެރެ، އޭގައިވާ ތަކެތި އެތަނުގައި ތިބި މީހުން ކައި ހަދާފައިވެއެވެ. މި ބިރުވެރި އަމަލުތަކަކީ އިންސާނިއްޔަތާ ހިލާފު، ބަލައިގަންނަން ދަތި ކަންތައްތަކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދާއިރު، މި ވާހަކަތަކުން މުޅި ދުނިޔެއަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު