އުމްރާގެ އަޅުކަމުގައި ބައިވެރިވާ މީހުން ޖެއްޑާ އިން މައްކާ އަށް ދިއުމަށް ބަހަށް އަރަނީ. (ފޮޓޯ: އަރަބް ނިއުސް)
އުމްރާގެ އަޅުކަމުގައި ބައިވެރިވާ މީހުން ޖެއްޑާ އިން މައްކާ އަށް ދިއުމަށް ބަހަށް އަރަނީ. (ފޮޓޯ: އަރަބް ނިއުސް)
ސައުދީގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުމުން ދިއުމާ ގުޅިގެން މިއަހަރުގެ މާރޗު މަހު ބަންދު ކުރި މައްކާގެ ހަރަމްފުޅު އަލުން ހުޅުވައި، 6 މަސް ދުވަހަށްފަހު އުމްރާ ކުރުމުގެ ހުއްދަ ދީފިއެވެ.

މިކަމާ ގުޅޭގޮތުން އަރަބް ނިއުސްގައި ހާމަކޮށްފައިވާގޮތުން، އުމްރާގެ އަޅުކަމުގައި ބައިވެރިވުމަށް ސައޫދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ހުއްދަނަގަން ޖެހެއެވެ. އަދި މިނިސްޓްރީގެ ހުއްދަ ލިބިފައިވާ ފުރަތަމަ ގްރޫޕްގެ މީހުން މިއަދު، ސައުދީ ގަޑިން 6 ޖަހާއިރު، މައްކާގައި އުމްރާ ކުރަން ފަށާނެއެވެ.

އަދި ހުއްދަ ލިބިފައިވާ މީހުންގެ އުމްރާގެ އަޅުކަމަށް މައްކާގެ ހަރަމްފުޅު، ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން ރައްކާތެރި ފިޔަވަޅުތައް އަޅާފައިވާކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި މައްކާގެ ހަރަމްފުޅަށް ވަދެވޭ ސަރަހައްދުތަކުގައި ތާމަލް ކެމެރާ ހަރުކުރެވި ހަށިގަނޑުގެ ފިނި ހޫނުމިން ބެލުމާއި ދުވާލެއްގެ މައްޗަށް 10 ފަހަރު ހަރަމްފުޅު ދޮވެ ސާފުކުރުންހިމެނެއެވެ. މީގެ އިތުރުން މައްކާގެ އެކި ސަރަހައްދުތަކުގައި ހަރުކުރެވިފައިވާ އޭސީތައް މެދުވެރިކޮށް އެސައްރަހައްދުތައް ވައިރަހުން ރައްކާތެރި ކުރުމަށް ޚާއްޞަ އަލްޓްރާ ވައިލެޓް ސްކޭނާސް ވެސް އޭސީ ތަކުގައި ހަރުކުރެވިފައިވެއެވެ. މި އޭސީ ތަކުގެ ފިލްޓަރުތައް ދުވާލެއްގެ މައްޗަށް 9 ފަހަރު ބަދަލު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މައްކާގެ ހަރަމްފުޅުގައި އުމްރާ ކުރުމަށް ދެވޭ ހުއްދަ 3 ފިޔަވައްސަކަށް ބަހާލައިގެން އިތުރު ކުރުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން ފުރަތަމަ ދެހަފްތާގައި ހުއްދަ ދެވޭނީ ދުވާލެއްގެ މައްޗަށް 6000 މީހުން މައްކާއަށް ވަދެ އުމްރާކުރުމަށެވެ. އެއަށްފަހު އޮކްޓޯބަރު 18 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް 15،000 އާއި 40،000 ދެމެދުގެ އަދަދަކަށް ހުއްދަ ދެވޭނެއެވެ. ތިންވަނަ ފިޔަވަހީގައި ދުވާލެއްގެ މައްޗަށް 20،000 އާއި 60،000 އާއި ދެމެދުގެ އަދަދެއްގެ މީހުންނަށް އުމްރާ ކުރުމަށް ހުއްދަ ދޭނެ ކަމަށް ސައުދީ ސަރުކާރުން ބުނެފައި ވެއެވެ.

އުމްރާގެ އަޅުކަމުގެ ތެރޭގައި ވެސް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އުމްރާގެ އަޅުކަމުގައި ބައިވެރިވާ ހުރިހާ އެންމެން މާސްކް އަޅަން ޖެހޭނެކަމަށް ސައުދީ ސަރުކާރާ ހަވާލާދީ އަރަބް ނިއުސްގައި ހާމަކޮށްފައިވެއެވެ.

ސައުދީ ސަރުކާރުންވަނީ ހައްޖުގެ އަޅުކަމަށް މިދިޔަ އޮގަސްޓްމަހު މައްކާގެ ހަރަމްފުޅު ހުޅުވައިލާފަވެއެވެ. ނަމަވެސް އެ ފުރުސަތު ދީފައިވަނީ ސަޢުދީގައި ތިބި ވަރަށް މަދު އަދަދެއްގެ ބަޔަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން