ޕެންޝަން އޮފީސް ޗެއާމަން އަހުމަދު އިނާޒް އެމަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޕެންޝަން އޮފީހުގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވަމުން، ކުރީގެ ފިނޭންސް މިނިސްޓަރު އަޙްމަދު އިނާޒް ވިދާޅުވީ، 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރަން ނިންމި ނިންމުމަކީ މިވަގުތުގެ އިގްތިސާދީ ހާލަތަށް ބަލާއިރު ނުހަނު ގެއްލުން ބޮޑު ކަމެއް ކަމަށެވެ.
އެމްއެމްއޭ މެދުވެރިކޮށް ހިންގަން އުޅޭ މި މުއާމަލާތަކީ ފަންނީ ގޮތުން ގަބޫލުކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، އިނާޒް ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެ ސަބަބަށްޓަކައި ކަމަށެވެ. ފައިސާ ޗާޕުކުރުމާ ގުޅޭ މި މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑުން މިހާތަނަށް ތިން މެންބަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއީ އިނާޒްގެ އިތުރުން، ބޯޑު މެންބަރު އަޝްރަފް ރަޝީދާއި އަހުމަދު ސަރުވަޝް އާދަމެވެ. މީގެ އިތުރުން، މި މުއާމަލާތާ ގުޅޭ ލިޔެކިޔުންތަކުގައި ސޮއިކުރަން އިންކާރު ކުރައްވައި، އެ އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު ހައްވާ ފަޖުވާ ވެސް ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ.
އިނާޒް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ފައިސާ ޗާޕުކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، މަޝްވަރާގެ ތެރެއިން އެދެވޭ ނަތީޖާއެއް ނުނިކުތް ކަމަށެވެ. ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން ހުށަހެޅި 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި ދެމެހެއްޓެނިވި ހައްލެއް ފެންނަން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު