ވެމްކޯގެ ވެހިކަލެއް ހުއްޓުވައި އޭގައި އިން މީހަކަށް އަނިޔާކުރި މައްސަލައަކާ ގުޅިގެން، މީގެ ކުރިން މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކު އަނެއްކާވެސް ހައްޔަރު ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. ގަން، ތުނޑި، ހަނދުވަރީހިޔާ، އަހްމަދު ޝައްމޫން އެވެ. ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ މާރާމާރީ ހިންގުމުގެ ކުށެވެ. ޝައްމޫން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
އަހްމަދު ޝައްމޫންގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާއަކީ މީގެކުރިން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މާލޭގެ ހަތަރު ގެއަކާއި ސައިކަލެއްގެ އިތުރުން ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައި ފާސްކޮށް، ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދި މައްސަލައެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ މީހެކެވެ.
އެ މައްސަލައިގައި ދައުލަތުން ޝައްމޫންގެ މައްޗަށް ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި، އަތުގައި ބެހެއްޓުމާއި، އަދި އެ ތަކެތި ސިއްރުކުރުމުގެ ދައުވާ އުފުލި ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ. ޝައްމޫނުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ މިވަގުތު އޮތީ ހައިކޯޓުގައެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ، ވެމްކޯގެ ވެހިކަލް ހުއްޓުވައި ހިންގި މާރާމާރީގެ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު