ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ފައިންސް، ޙަސަން މޫސާ (33އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން ޙަސަން މޫސާ ވަނީ ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 3،000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ނަގާފައި ކަމަށެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.
ހަމައެއާއެކު ފުލުހުން ބުނީ، ޙަސަން މޫސާ އިތުރު ފިހާރައަކުންވެސް މިފަދަ ގޮތަކަށް ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާނަމަ، އެކަން ކުޅުދުއްފުށި ސިޓީ ޕޮލިހަށް ރިޕޯޓުކުރުމަށް އެދޭ ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވާއިރު، އެކި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު ފޭކު ސްލިޕް ފޮނުވާ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ، ވިޔަފާރިވެރިން މިކަމަށް ސަމާލުވުމަށް ފުލުހުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު