ޕެންޝަން ބޯޑުގެ ޗެއަރޕާސަންގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވި އަޙްމަދު އިނާޒަކީ އަމާނާތްތެރިކަމާއެކު، އިޤްތިޞާދީ ޙަޤީޤަތްތަކަށް ބިނާކޮށް ނިންމުންތައް ނިންމަވާ ބޭފުޅެއް ކަމަށް ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިހެން ވިދާޅުވީ، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމުން އަޙްމަދު އިނާޒް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ޒަރިޔަންދު ވިދާޅުވީ، އިނާޒްގެ އިރުޝާދުގެ ދަށުން ދައުލަތުގެ ބަޖެޓާ ގުޅޭ މަސައްކަތްތަކުގައި މީގެކުރިން ބައިވެރިވެފައިވާނޭ ކަމަށާއި އެއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ހަމައެއާއެކު އިޤްތިޞާދީ ޙަޤީޤީ ނަތީޖާތަކަށް ބިނާކޮށް ނިންމުންތައް ނިންމެވުމަށް އިނާޒް ބަހައްޓަވާ ސާބިތުކަން ވަރަށް ގާތުން ފެނިފައިވާކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.
"އެމް.އެމް.އޭ އިން އެންމެ ފަހުން ނިންމެވި މަނިޓަރީ ނިންމުމާ ގުޅިގެން، ޕެންޝަން ބޯޑުން އިސްތިޢުފާ ދެއްވުމަށް ތިޔަބޭފުޅާ ނިންމެވި ނިންމެވުމަށް އަޅުގަނޑު ނުހަނު އިޙްތިރާމް ކުރަމެވެ. ތިޔަބޭފުޅާގެ އަމާނާތްތެރިކަމާއި ސާބިތުކަމާމެދު އަޅުގަނޑު ފަޚުރުވެރިވަމެވެ. އަދި ތިޔަބޭފުޅާއަށް އޮތް އިތުބާރު އަދިވެސް އެގޮތުގައި އެބައޮތެވެ." އިނާޒަށް ތަޢުރީފް ކުރަށްވަމުން ޒަރިޔަންދު ވިދާޅުވެފައިވެއެވެ.
ޒަރިޔަންދު މިހެން ވިދާޅުވެފައިވާއިރު، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވަމުން އިނާޒް ވިދާޅުވީ، ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި ކުރެވުނު ގިނަގުނަ މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ހޯދިފައި ނުވާ ކަމަށެވެ.
އަދި އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ޓެކްނިކަލީ ގަބޫލްކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު ގެ ޗެއާރޕާސަން ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވާ ކަމަށްވެސް އިނާޒް ވިދާޅުވެފައިވެއެވެ.
ފައިސާ ޗާޕްކުރާތީ އިނާޒް މިއަދު މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު، މިދިޔަ އޮކްޓޫބަރު މަހު ޕެންޝަން އޮފީހުގެ ބޯޑުން ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފަ އެވެ. އެއީ، ޕެންޝަން އޮފީހާއި ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ސަރުކާރުން މީގެކުރިން ވަނީ އެކަން ދޮގު ކޮށްފައެވެ.

I had the privilege of working under you in national budgeting and seeing firsthand your commitment to decisions grounded in real economic outcomes. I respect your decision to resign from the pension board after the MMA's recent monetary decision. Proud of your intergrity, still… https://t.co/WIjUnRSW7Z
— Ismail Zariyand (@zariyand) February 1, 2026
ޒަރިޔަންދު މިހެން ވިދާޅުވެފައިވާއިރު، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވަމުން އިނާޒް ވިދާޅުވީ، ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި ކުރެވުނު ގިނަގުނަ މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ހޯދިފައި ނުވާ ކަމަށެވެ.
އަދި އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ޓެކްނިކަލީ ގަބޫލްކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު ގެ ޗެއާރޕާސަން ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވާ ކަމަށްވެސް އިނާޒް ވިދާޅުވެފައިވެއެވެ.
ފައިސާ ޗާޕްކުރާތީ އިނާޒް މިއަދު މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު، މިދިޔަ އޮކްޓޫބަރު މަހު ޕެންޝަން އޮފީހުގެ ބޯޑުން ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފަ އެވެ. އެއީ، ޕެންޝަން އޮފީހާއި ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ސަރުކާރުން މީގެކުރިން ވަނީ އެކަން ދޮގު ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު