ރާއްޖޭގެ ދެކުނަށް އޮންނަ، ޗާގޯސް ނުވަތަ ފޯޅަވަހީގެ މިލްކުވެރިކަން ރާއްޖެއަށް ލިބިއްޖެ ނަމަ، އެ ސަރަހައްދުގައި އެމެރިކާއިން ހަދައިފައިވާ އަސްކަރީ މަރުކަޒު ހިންގުމަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭގޮތުން ގިނަ އަހަރުތަކެއް ވަންދެން ދެބަސްވުންތަކެއް އޮތުމަށްފަހު، މިދިޔަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސިވިލާތުން ވަނީ އެ ސަރަހައްދު މޮރިޝަސްއާ ހަވާލުކުރުމަށް ނިންމާފައެވެ.
ޗާގޯސްގެ މިލްކުވެރިކަން ހޯދުމަށް ދިވެހިރާއްޖެއިން ވެސް މަސައްކަތް ކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން އިނގިރޭސިވިލާތުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ޗާގޯސް ލިބުން އެންމެ ހައްގުވެގެންވަނީ ރާއްޖެއަށް ކަމަށެވެ. މީގެއިތުރުން، އެމެރިކާގެ 'ނިއުސްވީކް' މަޖައްލާއަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވަނީ ޗާގޯސް މޮރިޝަސްއަށް ދިނުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވާފައެވެ.
ރައީސް ޓްރަމްޕްގެ މައިގަނޑު ކަންބޮޑުވުމަކީ ޗާގޯސްގެ ޑިއޭގޯ ގާސިއާގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުގެ ރައްކާތެރިކަމެވެ. އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި މޮރިޝަސް އޮތް ދުވަސްވަރު ޗާގޯސްގެ މައްޗަށް ވެރިވެގަނެ، 1965 ވަނަ އަހަރު އެމެރިކާއަށް ވަނީ 2036 ވަނަ އަހަރުގެ ނިޔަލަށް އެ ސަރަހައްދުގައި އަސްކަރީ މަރުކަޒެއް ހިންގުމަށް ކުއްޔަށް ދީފައެވެ.
މިދިޔަ އަހަރު އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެވުނު އެއްބަސްވުމުގައިވާ ގޮތުން، ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ އިނގިރޭސިވިލާތާއި އެމެރިކާއަށެވެ. އަދި ކުލީގެ ގޮތުގައި މޮރިޝަސްއަށް އަހަރަކު ގާތްގަނޑަކަށް 137 މިލިއަން ޑޮލަރު ދޭންޖެހެއެވެ. ނަމަވެސް ޓްރަމްޕް ވަނީ މި އެއްބަސްވުމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.
މިކަމާ ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ޓްރަމްޕްގެ މަގްސަދަކީ ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބިއްޖެނަމަ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ތެރެއިން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒު މިހާރެކޭވެސް އެއްފަދައިން ކުރިއަށް ގެންދެވޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ޗާގޯސްގެ ތިމާވެށި ހިމާޔަތްކުރުމުގެ ފުރިހަމަ ގާބިލުކަމާއި ތަޖުރިބާ ރާއްޖޭގައި އެބަހުރިކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ދީފިނަމަ، [ޑިއޭގޯ ގާސިއާގައި މިހާރު އަސްކަރީ މަރުކަޒު ހިންގާ ގޮތަށް] ކުރިއަށްދެވޭނެ ގޮތެއް، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ދިވެހި ސަރުކާރުން ހޯދާނެ،" ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އެކި އިދާރާތަކުން ބާރުއަޅަމުންދާއިރު، 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން ވެސް ވަނީ އެ ސަރަހައްދު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަމުރުކޮށްފައެވެ. އެ ނިންމުމަށް ރިއާޔަތްކޮށް، އިޓްލޮސްއިން ވަނީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުން 95,000 އަކަ ކިލޯމީޓަރު ދެ ގައުމުގެ ދެމެދުގައި ބަހާލައިފައެވެ.
އިޓްލޮސްގެ މި ނިންމުން އިސްތިއުނާފު ކުރުމަކީ މިހާރުގެ ސަރުކާރުގެ ވައުދެކެވެ. މި މައްސަލަ ދިރާސާކޮށް ކުރިއަށް ގެންދިއުމަށްޓަކައި ހާއްސަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު