ޝަމްވީލް ޤާސިމް (ބޮންޑާ)
ޝަމްވީލް ޤާސިމް (ބޮންޑާ)
މަސްތުވާތަކެއްޗާ އެއްވެސް އިރެއްގައި އެއްވެސް ގުޅުމެއް ނޯންނާނެކަމުގައި އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ޤައުމީ ފުޓުބޯޅަ ޓީމްގެ ކުރީގެ ކުޅުންތެރިޔާ ޝަމްވީލު ޤާސިމް (ބޮންޑާ) ގެ ވަކީލް ވިދާޅުވެއްޖެއެވެ.

އައްޑޫގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި ގާތްގަނޑަކަށް 80 ކިލޯގެ ޑްރަގްސް ފެނިފައިވާ ކަމަށާއި، މުޅި އޮޕަރޭޝަން ހިންގީ ދިވެހި ފުލުހުންގެ އިންޓެލިޖެންސުގެ މައްޗަށް ބިނާކޮށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. މި އޮޕަރޭޝަންގައި ގައުމީ ފުޓްބޯޅަ ޓިމަށް ކުޅެފައިވާ މަޝްހޫރު ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) އާއި ފުލުހުން އެތައް ފަހަރަކު ހައްޔަރުކޮށްފައިވާ އިބްރާހީމް ރަޝީދު (އަބުޗާ) އާއި އިތުރު ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

އެކަމާ ގުޅިގެން ބޮންޑާގެ ފަރާތުން ވާހަކަ ދެއްކެވި އޭނާގެ ވަކީލް އަލްއުސްތާޛު އިބްރާހިމް ޝަމީލް ވަނީ މަސްތުވާތަކެއްޗާ އެއްވެސް އިރެއްގައި ޝަމްވީލާ އެއްވެސް ގުޅުމެއް ނޯންނާނެކަމުގެ ޔަޤީންކަން ޝަމްވީލު އަރުވާ ކަމަށް ވިދާޅުވެފައެވެ. މީޑިއާތަކުން ހަޤީޤަތާ ޚިލާފަށް ޚަބަރު ނުފެތުރުމަށާއި ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރެއްވުމަށް ޝަމްވީލް އެދޭ ކަމަ ކަމަށްވެސް ވަކީލު ވިދާޅުވެފައި ވެއެވެ.

"ޝަމްވީލް ހައްޔަރުކޮށްފައިވަނީ ހިތަދޫއިން. އަދި ހައްޔަރުކުރިއިރު ޝަމްވީލުގެ އަތުން ނުވަތަ ގުޅުންހުރި އެއްވެސް ތަނަކުންވެސް މަސްތުވާ އެއްވެސް އެއްޗެއްވެސް ފެނިފައެއްނުވޭ." އަލްއުސްތާޛު އިބްރާހިމް ޝަމީލް ވިދާޅުވިއެވެ.



ވަކީލް ޝަމީލް އިތުރަށް ވިދާޅުވީ، އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައިއޭނާގެ މުވައްކިލު ޝަމްވީލް ޤާސިމް (ބޮންޑާ) ހައްޔަރުކޮށްފައިވަނީ"ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު" ކަމަށް ބައެއް މީޑިއާތަކުގައި ފަތުރާގައިވާ ޚަބަރަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އިއްޔެ އަތުލައިގަތް މަސްތުވާތަކެއްޗަކީ، ޕާކިސްތާނުގެ ޑްރަގް އިންޓެލިޖެންސުން ދިން މައުލޫމާތަކަށް ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތިކަމަށް ޕާކިސްތާނުގެ ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ. މި އޮޕަރޭޝަންގެ ވީޑިއޯއެއް މިހާރު ސޯޝަލްމީޑިއާގައި ވައިރަލްވެފައި ވާއިރު، މަސްތުވާތަކެތި އުފުލި ޑިންޑީ ހުއްޓުވަން އުޅުމުން އޭގައި ތިބި މީހުން މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކާލާ މަންޒަރު ވިޑިއޯއިން ފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން