ކުއްތާ ބޭނުންކޮށްގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ކުއްތާ ބޭނުންކޮށްގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ކުއްތާ ބޭނުންކޮށްގެން ފުލުހުން މިއަދު ހުޅުމާލޭގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ހިންގައިފި އެވެ.

ފުލުހުން މަސްތުވާތަކެތީގެ އޮޕްރޭޝަންތަކެއް ހިންގަމުން އަންނައިރު ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ މިއަދު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ޙިމާޔަތެއް ނުދޭނެ ކަމަށެވެ. އަދި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހުނަރާ ޤާބިލުކަމަށް އިމްރާން ވަނީ ތަޢުރީފް ކުރަށްވާފައެވެ.

ހުޅުމާލޭގައި މިއަދު ފުލުހުން ހިންގި އޮޕަރޭޝަންގައި ފުލުހުން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދު ތަކާއި ބައެއް ގެތައް ކުއްތާ ބޭނުންކޮށްގެން ބަލައި ފާސްކޮށްފަ އެވެ. މި އޮޕަރޭޝަންގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އެސްއޯ ފުލުހުން ބައިވެރިވިއެވެ. އަދި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. މި އޮޕަރޭޝަނާގުޅޭ އިތުރު މަޢުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



ހުޅުމާލޭގައި ފުލުހުން މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، އިއްޔެ އައްޑޫގައި ހިންގި ޑްރަގްސް ބޮޑު އޮޕަރޭޝަނެއްގައި ގާތްގަނޑަކަށް 80 ކިލޯގެ ޑްރަގްސް ފެނިފައިވާ ކަމަށާއި، މުޅި އޮޕަރޭޝަން ހިންގީ ދިވެހި ފުލުހުންގެ އިންޓެލިޖެންސުގެ މައްޗަށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. މި އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ބޮޑެއްކަމަށް ފުލުހުން ތުހުމަތު ކުރާ އިބްރާހީމް ރަޝީދު (އަބުޗާ) އާއި އިތުރު ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

އައްޑޫ އޮޕަރޭޝަންގެ ވީޑިއޯއެއް މިހާރު ސޯޝަލްމީޑިއާގައި ވައިރަލްވެފައި ވާއިރު، މަސްތުވާތަކެތި އުފުލި ޑިންޑީ ހުއްޓުވަން އުޅުމުން އޭގައި ތިބި މީހުން ވަނީ މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކާލައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން