މެލޭޝިޔާގެ އިމިގްރޭޝަން ޑިޕާޓުމެންޓުގެ ޑިރެކްޓަރ ޖެނެރަލް ދަޓުކް ޚައިރުލް ޒައިމީ
މެލޭޝިޔާގެ އިމިގްރޭޝަން ޑިޕާޓުމެންޓުގެ ޑިރެކްޓަރ ޖެނެރަލް ދަޓުކް ޚައިރުލް ޒައިމީ
މެލޭޝިއާގައި ތަޢުލީމު ހާސިލުކުރާ އެހެން ގައުމުތަކުގެ ދަރިވަރުން މިއަހަރުގެ ޑިސެންބަރު މަހުގެ ފަހުން ނޫނީ މެލޭޝިޔާއަށް އެތެރެ ނުނެވެވޭ ގޮތަށް އެގައުމުގެ އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

މެލޭޝިޔާގެ އިމިގްރޭޝަނާއި ހަމާލާދީ އެގައުމުގެ މީޑިއާތަކުން ބުނެފައިވާގޮތުން، މެލޭޝިޔާގެ އިމިގްރޭޝަން ޑިޕާޓުމެންޓުން މިގޮތަށް ނިންމުމުން މިހާރު މެލޭޝިޔާއަށް އެތެރެވުމަށް ހުއްދަދެވިފައިވާ ދަރިވަރުންނަށްވެސް އެތެރެއެއް ނުވެވޭނެއެވެ.

މެލޭޝިޔާގެ އިމިގްރޭޝަން ޑިޕާރޓްމެންޓުން މިގޮތަށް ނިންމީ މެލޭޝިޔާގައި މަތީ ތަޢުލީމު ހާސިލު ކުރަން ބޭނުންވާ ކުދިން ރެޖިސްޓްރީ ކުރުމުގައި އަމަލީ ގޮތުން ކުރަންޖެހޭ ކަންކަން ފަސްކުރުމަށް އެގައުމުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ (ކޭޕީޓީ) އިން ނިންމާފައިވާތީ ކަމަށް، އިމިގްރޭޝަން ޑިޕާޓުމެންޓުގެ ޑިރެކްޓަރ ޖެނެރަލް ދަޓުކް ޚައިރުލް ޒައިމީއާއި ހަވާލާދީ މީޑިއާތަކުން ބުނެފައި ވެއެވެ.

މިއާއެކު މިހާރު މެލޭޝިއާއަށް ދަތުރު ކުރަން ޓިކެޓް ނަގައި ހިއްދަ ހޯދާފައިވާ ދަރިވަރުން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓްތަކުގެ ދަތުރު ފަސް ކުރުމުގެ ވާހަކަތައް ދެކެވެމުންދާކަމަށްވެސް މެލޭޝިޔާގެ އިމިގްރޭޝަން ޑިޕާޓުމެންޓުން ބުނެފައިވެއެވެ.

މެލޭޝިޔާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން މިއަހަރު އޮކްޓޯބަރު މަހުގެ ކިޔެވުން ފެށުމުގައި އަމަލީ ގޮތުން ކުރަންޖެހޭ ރެޖިސްޓްރޭޝަން ފަސްކުރެވިފައިވަނީ މެލޭޝިޔާގައި ކޯވިޑް-19ގެ ކޭސްތައް އަލުން އިތުރު ވަމުންދާތީއެވެ. މެލޭޝިޔާ ސަރުކާރުން ދާދިފަހުން ވަނީ އެގައުމަށް އެތެރެވޭ އެހެން ގައުމުގެ ރައްޔިތުން ކަރަންޓީން ކުރުމަށް ނަގާ ފައިސާގެ މިންވަރު ވެސް އެތައް ގުނައަކަށް ބޮޑުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން