ކުޑަކުދިން ލައްވައި ގާނޫނާ ހިލާފު ކުށްތައް ކުރުވައި، އެކުދިންގެ ފައިދާ ނަހަމަ ގޮތުގައި ނަގާ ފަރާތްތަކާމެދު އެއްވެސް ދޫދިނުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ސީޕީ ނަވީން މިހެން ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން މީސް މީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ސީޕީ ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް، އެކުދިންނަށް ރައްކާތެރި އަދި އަމާން މުޖުތަމައެއް ބިނާކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތު ކަމަށެވެ.
ހަމައެއާއެކު ކުޑަކުދިން ބޭނުންކޮށްގެން ކުށްކުރުވާ މައްސަލަތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއްކަން ފާހަގަކުރައްވައި، ސީޕީ ވިދާޅުވީ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ގާނޫނީގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށް ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ.
"މިއީ މުޅި މުޖުތަމައުގެ ބައިވެރިވުން ބޭނުންވާ، އަޅުގަނޑުމެން އެންމެންގެ އިޖުތިމާއީ ޒިންމާއެއް. ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަމާ ހިންގަވާ." ސީޕީ ނަވީން ވިދާޅުވިއެވެ.
މީގެއިތުރުން، ކުޑަކުދިންނަށް ކުރާ އަނިޔާއާއި، އެކުދިން ލައްވައި ކުށްކުރުވުން ފަދަ އަމަލުތައް ރާވައި ހިންގާ ފަރާތްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެ މައުލޫމާތެއް ހިއްސާކުރުމަށް ނަވީން ވަނީ އިލްތިމާސް ކުރަށްވާފައެވެ. އެގޮތުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 އަށް ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރުގެ ނަންބަރު 911 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ނަވީން ވަނީ އެދިލައްވާފައެވެ.
ނަވީން މިހެން ވިދާޅުވެފައިވާއިރު، ކުޑަ ކުއްޖަކު ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރި މައްސަލައަކާ ގުޅިގެން އިއްޔެ ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަޢެވެ.

ކިޔުންތެރިންގެ ހިޔާލު