ދިވެހި ދައުލަތުގެ އެންމެހާ ކަންކަން ބައްޓަން ކުރާނީ އިސްލާމްދީނުގައިވާ ގޮތުގެ މަތިން ކަމަށާއި، ދީނާއި ސިޔާސަތު ވަކިކުރުމަށް ގޮވާލާ ފަރާތްތަކުގެ ބަހަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ، ދައުލަތް ހިންގުމުގެ ހުރިހާ ކަމެެއްގައި ވެސް މާތްވެގެންވާ އިސްލާމް ދީނުގައި ސާފުކޮށް ބަޔާންކުރައްވާފައިވާ ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް ކަންކަން ބައްޓަންކޮށް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
ހަމައެއާއެކު ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިސްލާމްދީނުގައި މުސްލިމުން އުޅެންޖެހޭނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އިސްލާމީ އުސޫލުތައް ހިފެހެއްޓުމަކީ އެމަނިކުފާނުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"މާތް اللهގެ ވާގިފުޅާއި މިންވަރުފުޅާއެކު އަޅުގަނޑު ތަންފީޒު ކުރާނީ މި ސިޔާސަތު. ދީނާއި ސިޔާސަތު ވަކިކުރުމުގެ ފިކުރިއްޔާގެ އަހުލުވެރިން އެހެން ގޮތަކަށް މިކަން ދުށުމަކުން އަޅުގަނޑުގެ ކުޑަވެސް ފަރުވާލެއް ނެތް." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވަނީ މި ސަރުކާރުން އިސްލާމީ ކަންކަމަށް ދޭ އަހަންމިއްޔަތުކަން ފާހަގަކުރައްވައި، ދިވެހި ގައުމިއްޔަތާއި ދީނީ ވަހުދަތު ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު