މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށާއި ގައުމުގެ އިގްތިސާދީ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަކާ މެދު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުވާލު އުފައްދަވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ، ރަމްޟާން މަސް ކުރިމަތީގައި އޮތްއިރު ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށާއި، ރައްޔިތުންގެ އާންމު ހާލަތު އިންތިހާއަށް ނިކަމެތިވެފައިވާ ކަމަށެވެ.
އިގްތިސާދީ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޖަމީލް ވިދާޅުވީ، ޑޮލަރުގެ ރޭޓް ރަސްމީ މިންގަނޑެއްގައި ހިފަހައްޓާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާ ޚިލާފަށް، މިއަދު ޑޮލަރެއްގެ އަގު 20 ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އަދި ފައިސާ ޗާޕުނުކުރާނެ ކަމަށް ވިދާޅުވި ނަމަވެސް، މިއަދު ފައިސާ ޗާޕުކުރަމުންދާ ކަމަށާއި، ދަރަނި ނުދެއްކިގެން ބޮޑު އަގުގައި އިތުރު ލޯނުތައް ހޯދަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މީގެ އިތުރުން، ރިޒާވްގައި 1 ބިލިއަން ޑޮލަރު ހުރި ކަމަށް ބުނާ ބުނުމަކީ އޮޅުވާލުމެއް ކަމަށާއި، ރިޒާވްގައި ފައިސާ ހުރި ނަމަ ލޯނުތައް ދައްކަން ނުޖެހި ނުހުންނާނެ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
ޖަމީލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރަށް ދެ އަހަރުވެފައިވާއިރު ރަށެއްގައި ތަރައްގީގެ އެންމެ މަޝްރޫއެއްވެސް ނުހިންގޭ ކަމަށެވެ. އާސަންދަ އާއި ބޭސްފަރުވާގެ ޚިދުމަތްތައް ލިބުމުގައި ދަތިތަކާ ކުރިމަތިވެ، ވިޔަފާރިތައް ބަނގްރޫޓްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަންކަމަކީ ރައްޔިތުންނަށް ފެންނަން އޮތް ހަގީގަތް ކަމަށާއި، ނަމަވެސް ސަރުކާރުން މި ވާހަކަތައް ނުދައްކާ ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.
ނިންމަވާލައްވަމުން ޖަމީލް ވިދާޅުވީ، ރައީސް މުއިއްޒާ މެދު ފާރަވެރިވެ، ކުރީގެ ރިޔާސީ ބަޔާނުގައި ހުރި ކަންކަން ފުއްދައިދެވުނު މިންވަރު ބެލުމަކީ ހުރިހާ ޒިންމާދާރު ރައްޔިތުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. ނުކުރެވޭ ވަރުގެ ކަންތައްތަކުގެ ވާހަކަ ތަކުރާރުކޮށް ވެރިޔަކު ދެއްކުމަކީ ގައުމު ބޮޑު އަނދަވަޅަކަށް ވެއްޓި، ރައްޔިތުން ހާލުގައި ޖެހިދާނެ ނުރައްކާތެރި ކަމެއް ކަމަށްވިދާޅުވެ އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު