ސްރީލަންކާގެ ބަންޑާރަނައިކް އިންޓަރނޭޝަނަލް އެއަރޕޯޓު
ސްރީލަންކާގެ ބަންޑާރަނައިކް އިންޓަރނޭޝަނަލް އެއަރޕޯޓު
ސްރީލަންކާގެ ބަންޑާރަނައިކް އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވުން 2021 ގެ ފުރަތަމަ ކުއަރޓަރ އަށް ފަސްކޮށްފިއެވެ.

ބަންޑާރަނައިކް އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވުން 2021 އަށް ފަސްކޮށްފައިވާ ކަމަށް ހާމަކުރަށްވާފައިވަނީ ސްރީލަންކާގެ ސްރީލަންކާގެ މިނިސްޓަރ އޮފް ޓުއަރިޒަމް ޕްރަސަންނަ ރަނަތުންގެ އެވެ.

ސްރީލަންކާގެ އެއަރޕޯޓު ހުޅުވުން ފަސްކޮށްފައިވަނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން ފިނި މޫސުމާ ދިމާކޮށް ކޮވިޑް-19 ފެތުރުން އިތުރު ވެދާނެކަމަށް ލަފާކުރައްވާފައިވާތީ ކަމަށް ސްރީލަންކާގެ މިނިސްޓަރ އޮފް ޓުއަރިޒްމާއި ހަވާލަދީ ސްރީލަންކާގެ ދަ މޯނިންގް ޓުޑޭގައި ބުނެފައި ވެއެވެ.

ނަމަވެސް ސްރީލަންކާގެ މިނިސްޓްރީ އޮފް ހެލްތު ނުވަތަ ކޮވިޑް-19 އާއި ބެހޭ ކޮމިޓީ އިން، އެއަރޕޯޓު ހުޅުވުމުގެ ހުއްދަ ކުރިން ދީފިނަމަ، އެއަރޕޯޓުގެ ހިދުމަތްތައް އަލުން ހުޅުވާލާނެ ކަމަށްވެސް ސްރީލަންކާގެ މިނިސްޓަރ އޮފް ޓުއަރިޒްމް ވިދާޅުވެފައި ވެއެވެ.

ސްރީލަންކާގެ އެއަރޕޯޓު ހުޅުވުން ފަސްކުރެވިފައި ވީނަމަވެސް، މިހާރުވެސް ކުރިއަށް ދާގޮތަށް، އެހެން ގައުމުތަކުގައި ދިރިއުޅެމުންދާ ސްރީލަންކާގެ ރައްޔިތުންނަށް އަލުން އަނބުރާ ސްރީލަންކާ އަށް އާދެވޭނެކަމަށްވެއެވެ. އަދި މިގޮތައް ސްރީލަންކާއަށް އެތެރެވާ ހުރިހާ އެންމެންވެސް ފުރަތަމަ ޖެހޭނީ ކަރަންޓީނު ވާންކަމަށްވެސް ސްރީލަންކާގެ ޓުއަރިޒަމް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން