ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރުމަށް ކުޅުދުއްފުށީގައި ބޭއްވި ބޮޑު ޖަލްސާގައި، އެމްސީއެއްގެ ގޮތުގައި ހުންނެވި ކުޅުދުއްފުށީ ފެނަކަ މެނޭޖަރު އަހުމަދު މުހައްމަދު (ލައިޓޭ) ދެއްކެވި ބައެއް ވާހަކަތަކަކާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި މި ޖަލްސާގައި ސަރުކާރުގެ އަށް ވަޒީރަކާއި، މަޖިލިސް މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވެއެވެ. ޖަލްސާ ނިމެން ގާތްވެފައިވަނިކޮށް، ވަރަށް ފޯރީގައި ވާހަކަދައްކަވަމުން އަހުމަދު މުހައްމަދު ދެއްކެވި ބައެއް ބަސްމަގު ހުރިގޮތުން، އެއީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަދި "ލަދުވެތި" ވާހަކަތަކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނާއި އެކްޓިވިސްޓުންނަކީ އާންމުންނަށް ނަމޫނާ ދައްކަންޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ދެ ޓީވީ ޗެނަލަކުން ވަގުތުން ދުރަށް ދައްކަމުންދިޔަ ޖަލްސާއެއްގައި، ދައުލަތުގެ މަތީ ފަންތީގެ ވެރިންގެ ކުރިމަތީގައި އެފަދަ ދަށު ދަރަޖައިގެ ބަސްމަގުން ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.
މި މައްސަލައިގައި އޭނާ ވަޒީފާއިން ވަކިކުރުމަށްވެސް ބައެއް ފަރާތްތަކުން ގޮވާލަމުންދާއިރު، ސަރުކާރުގެ ފަރާތުން ނުވަތަ ޕީއެންސީގެ ފަރާތުން މިކަމާ ގުޅޭގޮތުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު