އާންމުކޮށް ކުޑަކުދިން ދުނިޔެއަށް އުފަންވާއިރު ފެންނަނީ ރޮއި ހަޅޭއްލަވާ މަންޒަރެވެ. ނަމަވެސް، މި ފަހުން މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.
ވިހެއުމުގެ ވަރުބަލިކަމާއެކުވެސް މަންމަގެ މޫނުމަތިން އުފާވެރިކަން ފެންނައިރު، އޭނާގެ އަތަށް ދިއްކޮށްލި ތުއްތު އަންހެން ދަރިފުޅުގެ މޫނުމަތިން ފެނުނީ މުޅި މަސްރަހު "އިވެލުއޭޓް" ކުރަން އޮތް ފަދަ ސީރިއަސް ބަލައިލުމެކެވެ.
ވިހެއުމަށްފަހު ނަރުސް ކުއްޖާ އުފުލާލި ވަގުތު، އެ ކުއްޖާ މަންމައާ ދިމާލަށް ބަލައިލީ ނިތްކުރިއަށް ރޫއަރުވައިގެން އޮވެއެވެ. އޭގެ ބަލައިލުމުން ހީވަނީ "ނުވަ މަސްދުވަސް ވަންދެން އަހަރެން އެތެރޭގައި ބަންދުކޮށްގެން ގެންގުޅުނީ ހަމަ ތިބާހޭ؟"
އަހާލިހެންނެވެ.
އެ ވަގުތު ކައިރީގައި ހުރި ބައްޕަ، އަތް ތުރުތުރުލާ ހާލުގައި ނެގި ފޮޓޯއަކީ މިހާރު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ފޮޓޯއެކެވެ. މަންމަގެ ހިނިތުންވުމާއި، ދަރިފުޅުގެ އެ "ސުޕަވައިޒަރު" ބަލައިލުން އެއް ފޮޓޯއަކުން ފެނުމުން ގިނަ ބަޔަކު ސިފަކުރީ އެއީ އޮފީހެއްގެ ޕާފޯމަންސް ރިވިއުއެއް ހަދަން އުޅޭ ފަދަ ގޮތަކަށެވެ.
މި ފޮޓޯ އިންޓަނެޓަށް ދޫކޮށްލުމާއެކު، އެތައް ހާސް ބަޔަކު އެ ފޮޓޯ ހިއްސާކުރަން ފެށިއެވެ. ދުނިޔެއަށް އައި ފުރަތަމަ ދުވަހުވެސް މި ތުއްތު ކުއްޖާ ވަނީ އޭނާއަކީ ހަމައެކަނި ލޯބި ކުއްޖެއް ނޫންކަމާއި، އޭނާއަކީ ވަށައިގެން ހިނގާ ކަންކަމަށް ފާރަވެރިވާ "ބޮސް" އެއްކަން ސާބިތުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު