ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ޤާނޫނުތަކާއި ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ ފުރިހަމަ ބާރު ލިބިދީފައިވާ މުއައްސަސާއެއް ކަމަށާއި، މަޖިލީހުން ކަންކަން ނިންމަނީ ރައީސުލްޖުމްހޫރިއްޔާގެ އޯޑަރަށް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ހުށަހެޅުއްވި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ބިލުގެ ރިޕޯޓަށް ބަހުސްކުރަން ހުޅުވާލި ވަގުތު މަޖިލީހުގެ ތަޅުމުގައި ބައެއް މެންބަރުން އަޑުގަދަކުރަން ފެށުމާ ގުޅިގެންނެވެ.
އެގޮތުން މަޖިލީހުގެ ތަޅުމުގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވަނީ މަޖިލީހުގެ ރިޔާސަތުން ޤަވާއިދާ ޚިލާފަށް ކަންތައްތައް ކުރަމުންދާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމުންތައް މަޖިލީހުގެ ރިޔާސަތުން އިއްވަމުންދާ ކަމަށް ތުހުމަތު ކުރައްވައި އަޑުގަދަ ކުރަށްވާފައެވެ.
މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރުން ހުއްޓާ ނުލުމުގެ ސަބަބުން، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރުގެ އިތުރުން، ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު، ކެޔޮދޫ ދާއިރާގެ މުޙައްމަދު ނިއުޝާދު އަދި ގަލޮޅު ދެކުނު ދާއިރާގެ މީކާއީލް ނަސީމް، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު އަދި މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރުގެ ނަން އިއްވައި ވަނީ ތަޅުމުން ނެރެފައެވެ.
އެމްޑީޕީ މެންބަރުންގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ، މަޖިލީހުން އަމަލުކުރަމުންދަނީ ޤާނޫނު އަސާސީއާއި މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް ކަމަށާއި، މަޖިލީހުގެ ތަޅުމަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތް ނިންމާނީ މަޖިލީހުން ކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ނިންމެވުމެއް ނޫން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު އަސާސީއާ ޤާނޫނުތަކަށް އިސްލާޙު ގެނައުމުގެ ބާރު ޤާނޫނު އަސާސީން ލިބިދީފައިވާ މަޖިލީހެއް. މި މަޖިލީހުން ޤާނޫނު އަސާސީއަށްވެސް އިސްލާޙު ގެނެވޭނެ، ޤާނޫނުތަކަށްވެސް އިސްލާޙު ގެނެވޭނެ، އާ ޤާނޫނުތައް ހަދަންވެސް ހެދޭނެ." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މީގެ އިތުރުން ދައުރުން ބޭރުން ޖަލްސާ ބޭއްވުމަކީ މަޖިލީހުގެ ރައީސްގެ އިޚްތިޔާރުގައި އޮތް ކަމެއް ނޫން ކަމަށާއި، އެއީ އެކަމަށް އޮންނަ ޢަދަދަށް މެންބަރުންގެ ސޮއިހަމަކޮށް ހުށައެޅުމުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ތަކުރާރުކޮށް އަދުރޭ މިއަދު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު