ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރެން ކައިރިވެފައިވާއިރު، ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު ދުވަހަކު ނުވެއްޓޭހާ ދަށު ދަރަޖައަކަށް ވެއްޓި، ރައްޔިތުން އަސާސީ ހިދުމަތްތަކުން މަހުރޫމްވަމުންދާ ކަމަށް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
"ބަދަލަކަށް" ކުރި އުންމީދުތައް ފެނަށްވެ، މިއަދު ގައުމުގެ ކޮންމެ ދިމާލަކުންވެސް އިވެނީ ރައްޔިތުންގެ އާހުގެ އަޑުކަމަށާއި، ކައްކާ ގޭސް ފުޅި ހުސްވެގެން އެ ލިބޭނެ ގޮތެއް ނެތި އާދައިގެ އާއިލާތައް ހައިހޫނުކަމުގައި ތިބެން ޖެހިފައިވާ ކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ.
ސަރުކާރުގެ އިސްވެރިންނާއި މަހުޖަނުންގެ ޖީބުތައް ފުރައިދިނުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާއިރު، އާދައިގެ ރައްޔިތުމީހާ ދެ އިރު ދެދަޅައަށް ބަތާއި ގަރުދިޔަ ކައިގެން ތިބެން ސަރުކާރުން ބުނި ނަމަވެސް، މިއަދު އެވަރުގެ މިންވަރެއްވެސް ކައްކާލެވޭނެ ތަނަވަސްކަމެއް ނެތް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އިގްތިސާދީ ގޮތުން ސަރުކާރު ނުކުޅެދިފައިވާކަން ހާމަވަނީ، ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ނުކުރެވި، އޭގެ ސީދާ އަސަރު އާންމު ރައްޔިތުންގެ ޖީބަށް ކުރަމުންދާތީއެވެ. ބޭސްފަރުވާއަށާއި ދަރިންގެ ތައުލީމަށް ބޭނުންވާ މަދު ޑޮލަރުކޮޅު ނުލިބިގެން ރައްޔިތުން ސަލާންޖަހަން ޖެހިފައިވާއިރު، ސަރުކާރުން ބަޖެޓުގެ ބޮޑުބައި ހޭދަކުރަނީ ސިޔާސީ މަގާމުތަކަށާއި ބޭކާރު އިސްރާފުތަކަށް ކަމަށްވެސް ފާހަގަކުރެވެއެވެ.
މީގެ އިތުރުން، ކަރަންޓު ބިލާއި ފެން ބިލުތައް އަތްނުފޯރާ ފަށަށް ބޮޑުވެ، ލިބޭ މަދު މުސާރަކޮޅުން ދިރިއުޅުމުގެ ޚަރަދުތައް ހަމަނުޖެއްސިގެން އާއިލާތައް ވަނީ ނިކަމެތިވެފައެވެ. ރައްޔިތުންގެ މިފަދަ އަސާސީ ބޭނުންތައް ފުއްދައިދިނުމުގެ ބަދަލުގައި ސަރުކާރުގެ އިސްވެރިންގެ ފަރާތުން ފެންނަނީ ފަރުވާކުޑަކަން ކަމަށާއި، ވެރިކަން ކުރާ ޕީއެންސީއަށް ރައްޔިތުން ކުރި އިތުބާރު މިއަދު މުޅިން ގެއްލިފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ގައުމު މިހާރު އޮތް ނުރައްކާތެރި ފުންވަޅުގަނޑުން ސަލާމަތްކުރުމަށްޓަކައި، ކުރިއަށް އޮތް ތަނުގައި އާ މިސްރާބަކަށް ދަތުރުކުރުމުގެ އިހުތިޔާރު އޮތީ ރައްޔިތުންގެ އަތްމަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު