ފ.ފީއަލީ ޞިއްޙީ މަރުކަޒުގައި އޮތް ޕެރަމެޑިކް އެމްބިއުލާންސް ހަލާކުވެ، ޚިދުމަތް މެދުކެނޑިފައި އޮތުމަށްފަހު، އެކަށީގެންވާ މަރާމާތެއް ނުކޮށް އަނބުރާ ރަށަށް ގެނައުމާ ގުޅިގެން ރަށު ތެރޭގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
ފީއަލީގައި ކުރިން ބޭނުންކުރި ކުދި ދެ އެމްބިއުލާންސް ނީލަމުގައި ވިއްކާލާފައިވާއިރު، ރަށުގައި އޮތް އެންމެ ފަހުގެ ޒަމާނީ ޕެރަމެޑިކް އެމްބިއުލާންސް ހަލާކުވެގެން މާލެ ގެންދިޔައީ 2025 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް، ހަތަރު މަސް ދުވަހު މާލޭގައި ބޭއްވުމަށްފަހު ސެޕްޓެމްބަރު މަހު އެ އެމްބިއުލާންސް ރަށަށް ގެނައިއިރު، ދިމާވި އަސްލު މައްސަލަ ޙައްލުނުކޮށް، ހަމައެކަނި ތެޔޮ ބަދަލުކޮށްލުމަށްފަހު ދުއްވޭ ވަރު ކޮށްލާފައިވާ ކަމަށް ރަށުގެ ރައްޔިތުން ތުހުމަތު ކުރެއެވެ.
މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެމްބިއުލާންސް އެ ފަހަރު ރަށަށް ގެނައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، ކަންކަން ރަނގަޅަށް ހިނގާކަން ދެއްކުމުގެ ގޮތުން "މަންޒަރު ރީތިކޮށްލުމަށެވެ." އެހެންނަމަވެސް، މިއަދުވެސް ރަށުގެ ޙާލަތު އޮތީ އިންތިހާއަށް ދަށު ދަރަޖައެއްގައެވެ.
ދާދި ފަހުން ޙާލު ބޮޑުވި ބަލިމީހަކު ނިލަންދޫއަށް ގެންދިއުމަށްޓަކައި، ސީ-އެމްބިއުލާންސާ ހަމައަށް އުފުލަން ޖެހުނީ ރަށު ތެރޭގައި ދުއްވާ ޕިކަޕެއް ނުވަތަ ބަގީއެއްގައެވެ. މިއީ ޒަމާނީ ވަސީލަތްތައް ހުރި ކަމަށް ބުނާ ރަށެއްގައި ބަލިމީހުން އުފުލުމުގައި ކުރިމަތިލާންޖެހޭ ވަރަށް ލަދުވެތި އަދި ހިތާމަވެރި މަންޒަރެއްގެ ގޮތުގައި އާންމުން ސިފަކުރެއެވެ.
ރަށުގެ އަސާސީ ޚިދުމަތްތައް މިފަދަ ނާޒުކު ފައްތަރެއްގައި އޮތްއިރު، ކައުންސިލް އިންތިޚާބާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްޔިތުން ވަނީ ފާޑުކިޔާފައެވެ.
"ކަރަށް ބާރުވާ ވަރަށް ޓައި އަޅައިގެން ތިބެ، ބަލިމީހާ ބަގީއަށް އަރުވައިގެން ގެންދަން ޖެހުމަކީ ބޮޑު ލަދެއް،" ކަމަށް ބުނެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިންތިޚާބަށްޓަކައި "ފޮނި ބައިސާ" ކަނޑުމުގެ ބަދަލުގައި، ރަށުގެ ސިއްހީ ނިޒާމާއި އެމްބިއުލާންސްގެ ޚިދުމަތް ހަގީގީ މާނައިގައި އިޞްލާޙު ކުރުމަށް ސަރުކާރަށް ގޮވާލާ އަޑުތައް މިހާރު ވަނީ ގަދަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު