ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށް، ކެންޑިޑޭޓް ނަންބަރުތައް އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކޮށްފިއެވެ.
މިގޮތުން އެންމެ ބޮޑު ވާދަވެރިކަމެއް އޮތް މާލޭ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރަށްވާ ކެންޑިޑޭޓް އާދަމް އާޒިމަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު 3 އެވެ. މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމަށް ޖުމްލަ 5 ކެންޑިޑޭޓުން ވާދަކުރައްވައެވެ.
މިއަދު ނެގި ގުރުއަތުން ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބުވެފައިވާ ގޮތަކީ؛ އަހްމަދު އައިހަމް (އަމިއްލަ ކެންޑިޑޭޓް)، އިސްމާއިލް ޒަރިޔަންދު (އަމިއްލަ ކެންޑިޑޭޓް)، އާދަމް އާޒިމް (އެމްޑީޕީ)، މޫސާ އަލީ ޖަލީލް (ޕީއެންސީ) އަދި އަބްދުﷲ މަހްޒޫމް މާޖިދު (އެމްޑީއޭ) އެވެ.
މާލޭގެ އިތުރުން ރަށްރަށާއި، ސިޓީތަކުގެ ކައުންސިލްތަކުގެ ގޮނޑިތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރުތައްވެސް މިއަދު ވަނީ ތަރުތީބުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އިންތިޚާބުގައި ވާދަކުރުމަށް ޖުމްލަ 2،994 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ކައުންސިލްތަކަށް 678 ކެންޑިޑޭޓުން އިންތިޚާބުކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 މެންބަރުން އިންތިޚާބު ކުރާނެއެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 294،937 މީހުންނަށް ލިބިގެންވެއެވެ. މިއަދު ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފައިވާއިރު، ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު މިހާރުވަނީ ބަންދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު