ދަރިފުޅަށް އަނިޔާކޮށް މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި ވާކަަމަށެވެ.

އޭނާ ދަރިފުޅަށް އަނިޔާކުރި ކަމަށް ބުނެ، އެ ކުއްޖާގެ މަންމަ ވަނީ ފުލުހަށް ބަޔާން ދީފައެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާ ގުޅޭ ހެކިވެސް ކޮންމެވެސް ވަރަކަށް ލިބިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

ދަރިފުޅަށް އަނިޔާކުރި ކަމުގެ ތުހުމަތަށް އޭނާ ވަނީ ކޯޓުގައި އިންކާރު ކޮށްފައެވެ. ނަމަވެސް މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި، އޭނާ ބަންދު ކުރަން ކޯޓުން ނިންމިއެވެ.

އޭނާއަކީ މީގެ ކުރިންވެސް އެކި ކުށްތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ.



ކިޔުންތެރިންގެ ހިޔާލު