ދަރިފުޅު އުފަންވުމާ ގުޅިގެން މަންމަ ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ޑިއުޓީ ގަޑީގައި ލިބޭ ހުސްވަގުތު، ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ވެރިކަންކުރާ ޕީއެންސީގެ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ނިންމައި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅަށް އެއް އަހަރު ވަންދެން، ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ދުވާލަކު ދެ ފަހަރު 30 މިނެޓުގެ ހުސްވަގުތުކޮޅެއް ލިބެއެވެ. ނަމަވެސް، އަލަށް ހުށަހެޅި އިސްލާހުގައި ވަނީ އެ މުއްދަތު ދެ އަހަރަށް އިތުރުކުރުމަށެވެ. އަދި މި ވަގުތަކީ މުވައްޒަފުގެ މުސާރައިން އެއްވެސް މިންވަރެއް ނުކެނޑޭ ގޮތަށް ދޭންޖެހޭ ވަގުތެއް ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ގާނޫނުގައި މިހާރުވެސް ކަނޑައަޅާފައިވާ ގޮތުން، ކޮންމެ މުވައްޒަފަކަށް ޑިއުޓީ ވަގުތުގެ ތެރެއިން ކެއުމާއި ނަމާދު ފަދަ ކަންކަމަށް އެއް ގަޑިއިރުގެ ހުސްވަގުތު ދޭންޖެހެއެވެ. އިސްލާހުގައި ބުނާ ދަރިފުޅަށް ވަގުތު ދިނުމަށް ދޭ 30 މިނެޓުގެ ދެ ވަގުތުކޮޅަކީ މި އެއް ގަޑިއިރުގެ އިތުރަށް މަންމައަށް ލިބޭނެ ވަގުތެކެވެ.
މީގެ އިތުރުން، މި ބިލުގައި ވަނީ ވަޒީފާއިން ވަކިކުރުމާއި ވަކިވުމުގައި ދޭންޖެހޭ ނޯޓިސްގެ މުއްދަތުތަކަށްވެސް ބަދަލުތަކެއް ހުށަހަޅާފައެވެ. އެގޮތުން، މިހާރު ގާނޫނުގައި އޮންނަ ގޮތުން ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ވަޒީފާގައި އުޅޭ މީހަކު ވަކިވާނަމަ ދެ ހަފުތާގެ ނޯޓިސްއެއް ދޭންޖެހެއެވެ. ނަމަވެސް، އިސްލާހުގައި ބުނެފައިވަނީ އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތެއްގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކުވެސް ވަޒީފާއިން ވަކިވާނަމަ ދެ ހަފުތާގެ ނޯޓިސް ދޭންޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު