ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ދެ އަހަރުގެ ވަގުތީ ރައީސަކަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިން "ހޭވައްލާ ތައްޔާރު" އިފްތިތާހުކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަރުކާރަކީ ވަގުތީ ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވަމުން ޝާހިދު ވިދާޅުވީ، ދެ އަހަރުގެ ވަގުތީ ސަރުކާރަކަށް އަދި ރައީސަށް ވޯޓު ދޭންވީ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ނަމުގައި 20 މިލިއަން ރުފިޔާ ސަލާމަތްކުރަން އުޅޭ ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.
"ވިހި މިލިއަން ރުފިޔާ ކުޑަކުރަން ބޭނުންނަމަ 30 ސިޔާސީ ވަޒީފާ ކަނޑާލީމާ އެކަން ނިމުނީ، އެހެން ހައްދަވާކަށްނޫން މި ބޭފުޅުން ބޭނުންވަނީ، ފަންސާސް ޕަސެންޓު ދެބައިކުޅަ އެއްބައި ރައްޔިތުންގެ ބަސް ބުނުމުގެ އަނގަމަތީގައި މަލަންގަނޑެއް އަޅުވަން، އެ ފުރުސަތު ނުދެއްވާތި،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް ކަންތައް ވެއްޖެނަމަ، ދެން ނަގާނީ ހަމައެކަނި ރައީސް ވެރިކަމުގައި ހުންނަން ބޭނުންވޭތޯ ބަލާ ފެންނަ ނުފެންނަ ވޯޓެއް ކަމަށެވެ. އަދި ޕީއެންސީއަށް އެފަދަ ފުރުސަތެއް ނުދިނުމަށް އޭނާ ރައްޔިތުންގެ ކިބައިން އާދޭހާއެކު ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.
ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން އިންތިޚާބުތައް އެއްކޮށްލަން ނިންމި ނިންމުމަކީ ވަރަށް "ނުރައްކާތެރި" ސުވާލެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ. ޝާހިދު ތުހުމަތު ކުރެއްވިގޮތުގައި ކޮންމެ ނަމެއްގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން އުޅުނު ކަމުގައިވިޔަސް، އޭގެ އަޑީގައި އޮތީ މަކަރާއި ހީލަތާއި އޮޅުވާލުމެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މިސްރާބު ހުރީ ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް ކަމަށާއި، ރައްޔިތުން އެކަމަށް ހޭލަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު