ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޑެންގޫ ހުން ޖެހިގެން ފަރުވާ ހޯދަމުންދިޔަ ހދ. ނޮޅިވަރަންފަރުގެ ބަލިމީހަކަށް ބޭނުންވި އޭބީ ނެގެޓިވް (AB-) ލޭ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެ، އެ މައްސަލަ މިހާރު ވަނީ ހައްލުވެފައެވެ.
މި ބަލިމީހާއަށް ލޭ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދުމުން، ވަރަށް ފާހަގަކޮށްލެވޭ ފަދަ އިންސާނީ އެހީތެރިކަމެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން، ހދ. ހަނިމާދޫ އަދި ހއ. ހޯރަފުށިން ދެ މީހަކު ވަނީ އަމިއްލަ ޚަރަދުގައި ލޯންޗެއް ކުއްޔަށް ހިފައިގެން ކުޅުދުއްފުއްޓަށް އައިސް ލޭ ހަދިޔާކޮށްފައެވެ.
އާއިލާއިން މައުލޫމާތު ދިން ގޮތުގައި، ކައިރި ރަށްރަށުން ލޭ ލިބުން ދަތިވުމުގެ ސަބަބުން މާލެއިން ޑޯނަރުން ގެނައުމަށްވެސް މަސައްކަތް ކުރެވުނެވެ.
އެގޮތުން މާލޭގައި ހުރި އެމްއެންޑީއެފްގެ މުވައްޒަފަކުވެސް ވަނީ ލޭ ހަދިޔާކުރުމަށް ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ މުވައްޒަފެއްގެ ފަރާތުންވެސް ލޭ ލިބިފައިވާއިރު، މިހާރު ބަލިމީހާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެއެވެ. މިދުވަސްވަރަކީ ލޭ ލިބުން ދަތި ދުވަސްވަރަކަށް ވާތީ، މޯލްޑިވްސް ބްލަޑް ސާވިސްއިން ވަނީ ލޭ ހަދިޔާކުރުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު