މުޖުތަމަޢުގެ އެއްބައިވަންތަކަމާއި، މީހުންގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމަށްޓަކައި ކުށްހީތަކުން ދުރުހެލިވުމަށް ކީރިތި ޤުރުއާނުގައި ވަނީ ނުހަނު ބާރުއަޅުއްވާފައެވެ. ސޫރަތުލް ޙުޖުރާތުގެ 12 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވަނީ އީމާންވެއްޖެ މީސްތަކުން ގިނަގުނަ ކުށްހީތަކުން ދުރުހެލިވުމަށެވެ.
ހަމަކަށަވަރުން ބައެއް ކުށްހީތަކަކީ ފާފައެއްކަމާއި، އެކަކު އަނެކަކަށް ޖާސޫސު ނުކުރުމަށާއި، އެކަކު އަނެކާގެ ޣީބަ ނުބުނުމަށް އެ އާޔަތުގައި މުއުމިނުންނަށް އަމުރުކުރައްވާފައިވެއެވެ.
މީގެ އިތުރުން، ޣީބަ ބުނުމުގެ ނުބައިކަން ހާމަކުރައްވަމުން އެކަން ސިފަކުރައްވާފައިވަނީ ތިމާގެ އަޚާ މަރުވެފައި އޮއްވައި އޭނާގެ މަސް ކެއުން ފަދަ މުޑުދާރު ކަމެއްގެ ގޮތުގައެވެ. މިފަދަ ކަންކަމަކީ އިންސާނުންގެ ތަބީޢަތް ނުހަނު ބޮޑަށް ފޫހިވާނޭ ކަންކަން ކަމުގައިވީ ހިނދު، މާތްﷲ އަށް ބިރުވެތިވުމަށް އެކަލާނގެ ގޮވާލައްވާފައިވެއެވެ. ހަމަކަށަވަރުން މާތްﷲ އީ ތައުބާ ޤަބޫލުކުރައްވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
އަޅުގަނޑުމެންގެ ދޫތަކުން ހަމައެކަނި ތެދުބަސް ބުނުމަށާއި، ނުބައި ވާހަކަތަކުން ދުރުހެލިވުމުގެ ތައުފީޤު މާތްﷲ ދެއްވާށިއެވެ. އާޔަތުގައިވާ ފަދައިން، މީސްތަކުންގެ އުނިސިފަތައް ހޯދުމުގެ ބަދަލުގައި، އަމިއްލަ ނަފްސު އިސްލާހުކޮށް، އަނެކުންނާ މެދު ހެޔޮ ގޮތުގައި ދެކުމަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢަށް ނުހަނު ބޭނުންތެރި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު