ހަފުތާގެ އެންމެ މާތް ދުވަހަކީ ހުކުރު ދުވަހަކީ ހުކުރު ދުވަހެވެ. މި ދުވަސް މާތްވެގެންވާ އިސްލާމް ދީނުގައި މަތިވެރިވެގެންވަނީ މިދުވަހުގައި މުހިންމު ކަންތައްތަކެއް ގުޅިފައިވުމުންނެވެ.

އެންމެ މާތް ދުވަހަކީ ހުކުރު ދުވަސްކަން އަންގަވައިދެއްވި މިއުއްމަތުގެ މާތް ނަބިއްޔާ، ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅުތަކުންނާއި ޢަމަލުފުޅުތަކުން އިރުޝާދުދެއްވާފައިވާ ގޮތުގައި ހަފުތާގެ ދުވަސްތަކުގެ ތެރެއިން އެންމެ ބަރަކާތުންފުރިގެންވާ މި ދުވަހަކީ ކޮންމެ އަފުތާއަކު އަންނަ ޢީދު ދުވަހެކެވެ.

ސަޙީޙު މުސްލިމްގައި ރިވާވެގެންވާ ގޮތުގައި، އިރު އެ ދުވަހަކަށް އުދަރެސްވާ އެންމެ ހެޔޮ ދުވަހަކީ ހުކުރު ދުވަހެވެ. މި ދުވަހުގެ މާތްކަން ބަޔާންކޮށްދެއްވަމުން މާތް ނަބިއްޔާ ﷺ ވަނީ އިންސާނިއްޔަތުގެ ތާރީޚާ ގުޅިފައިވާ ވަރަށް މުހިންމު ކަންތައްތަކެއް އެ ދުވަހާ ގުޅިފައިވާކަން ހާމަކުރައްވާފައެވެ.

އެގޮތުން، ބަޝަރިއްޔަތުގެ ބައްޕަ، އާދަމްގެފާނު ހެއްދެވީ ހުކުރު ދުވަހެއްގައެވެ. އަދި އެކަލޭގެފާނު ސުވަރުގެއަށް ވެއްދެވީވެސް އަދި އިމްތިހާނެއްގެ ގޮތުން އެކަލޭގެފާނު ސުވަރުގެއިން ނެރުއްވައި ބިމަށް ފޮނުއްވީވެސް ހަމަ ހުކުރު ދުވަހެއްގައެވެ. މީގެ އިތުރުން، މި ދުނިޔޭގެ ނިމުން ކަމުގައިވާ ގިޔާމަތް ދުވަސް ގާއިމްވާނީވެސް ހުކުރު ދުވަހެއްގައި ކަމަށް އިތުރު އެކަލޭގެފާނު ވަނީ ޚަބަރު ދެއްވާފައެވެ.

މި މާތް ދުވަހަކީ މުސްލިމުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަޅުކަމުގެ ޚާއްސަ ދުވަހެއްގެ އިތުރުން، ދުނިޔޭގެ ފެށުމާއި ނިމުމާ ގުޅިފައިވާ ވަރަށް ބޮޑު މުޢުޖިޒާތެއް ފަދަ ދުވަހެކެވެ. އެހެންކަމުން، މި ދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، އަޅުކަމުގައި ދެމިތިބުމަށް ދީނީ އިލްމުވެރިން އަބަދުވެސް ނަސޭހަތްތެރިވެލައްވައެވެ.



ކިޔުންތެރިންގެ ހިޔާލު