މާތް اللهގެ ފުއްސެވުމާއި، އެކަލާނގެ ރަޙުމަތުގެ މަތިވެރި މައްސަރު ކަމަށްވާ ރަމަޟާން މަހަކީ އަޅުކަމާއި ހެޔޮ ޢަމަލުތަކުގެ މޫސުމެވެ. ޞާލިޙު ސަލަފުން، އެ މަހުގެ ބަރަކާތާއި ދަރުމައިގެ ބޮޑުކަމުން، އެ މަހާ ބައްދަލުވުމަށް އެދިވަޑައިގެން ހަ މަސްދުވަސް ކުރިން ދުޢާކުރަށްވައެވެ. އެހެންކަމުން، އީމާންވެތިބެ، ދަރުމައަށް އެދޭ ޙާލު، މި މުޤައްދަސް މައްސަރަށް އިސްތިޤުބާލު ކުރުމަށް އެންމެހައި މުސްލިމުން މަސައްކަތް ކުރަންޖެހެއެވެ.
ރޯދައިގެ ޝަރުޢީ މާނައާއި މަޤްޞަދު
ރޯދައަށް ފުރިހަމައަށް އިސްތިޤުބާލު ކުރެވޭނީ، ރޯދައަކީ ކޮބައިކަމާއި އޭގެ ޙުކުމްތައް އެނގިގެންނެވެ. ޝަރުޢީ ގޮތުން ރޯދައަކީ، ނިޔަތާއެކު ފަޖުރުލީއްސުރެ އިރު އޮއްސިއްޖައުމަށް ދާންދެން، ކެއުމާއި ބުއިމާއި ރޯދަގެއްލޭ އެންމެހައި ކަންކަމުން ދުރުހެލިވެ ހުރުމެވެ. ނަމަވެސް، ރޯދައަކީ ހަމައެކަނި ބަނޑުހައިހޫނުކަން ތަޙައްމަލުކުރުމެއް ނޫނެވެ. ރޯދަވެރިޔާ އޭނާގެ ދުލާއި ގުނަވަންތައް ފާފަތަކުން ރައްކާތެރި ކުރަންޖެހެއެވެ. ދޮގުހެދުމާއި އުރެދުމުގެ ޢަމަލުތަކުގައި ދެމިހުރެ ހިފާ ރޯދައަކުން އެދެވޭ ސަވާބެއް ނުލިބޭނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވަނީ، "ކިތައްކިތައް ރޯދަވެރިންނަށް ހައިހޫނުކަން ފިޔަވައި އެހެން އެއްޗެއް ނުލިބޭ ހެއްޔެވެ! އަދި ކިތައްކިތައް ރޭއަޅުކަންކުރާ މީހުންނަށް ނިދިނަގާލުން ފިޔަވައި އެހެން ކަމެއް ނުލިބޭ ހެއްޔެވެ!"
ތަޤުވާވެރިކަމާއި އިޚުލާޞްތެރިކަން
ރަމަޟާން މަހަކީ ތަޤުވާވެރިކަމާއި، މަތިވެރި އަޚުލާޤާއި، ކެތްތެރިކަމުގެ މަހެވެ. ރޯދައަކީ އަޅާއާއި އޭނާގެ ވެރިރަސްކަލާނގެއާ ދެމެދު އޮތް ސިއްރެކެވެ. ދެއްކުންތެރިކަމެއް ނެތި، އިޚުލާޞްތެރިކަމާއެކު ހިފާ ރޯދައަކީ ފާފަ ފުއްސެވުމުގެ ސަބަބެކެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ: "އީމާންކަންމަތީ ހުރެ، ސަވާބަށް އެދޭ ޙާލު، ރަމަޟާންމަހު ރޯދަހިފައިފި މީހާގެ އިސްވެދިޔަ ފާފަތައް މާތް الله ފުއްސަވާހުށްޓެވެ."
ރޯދައިގެ ބައެއް މުހިންމު ޙުކުމްތައް
ރަމަޟާން މަހުގެ ރޯދަ ހިފުމަކީ ކޮންމެ މުސްލިމަކަށްމެ ފަރުޟުކަމެކެވެ. ނަމަވެސް، ދީނުގައި ވަނީ ލުއިފަސޭހަ ގޮތްތަކެއް ދައްކަވާފައެވެ.
ދަތުރުވެރިންނާއި ބަލިމީހުން: ދަތުރުވެރިންނާއި، ބަލިވެގެން ރޯދަ ނުހިފޭ މީހުންނަށް ފަހުން ޤަޟާކުރުމަށް ރޯދަ ދޫކޮށްލުމުގެ އިޚުތިޔާރު އޮވެއެވެ.
ދާއިމީ ބަލިމީހުންނާއި މުސްކުޅިން: ރޯދަ ހިފުމަށް ނުކުޅެދޭ މީހުން ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭންވާނެއެވެ.
އަންހެނުން: ޙައިޟުވެރިންނާއި، ނިފާސްވެރިންނާއި، ރޯދަ ހިފުމުން ގެއްލުންވެދާނެ ކަމަށް ބިރުގަންނަ މާބަނޑު މީހުންނާއި ކިރުމައިން ރޯދަ ދޫކޮށްލާފައި ފަހުން ޤަޟާކުރާނީއެވެ.
ކައްފާރާ: ޝަރުޢީ ޢުޒުރަކާ ނުލައި ގަސްތުގައި ރޯދަ ދޫކުރުމަކީ ބޮޑު ފާފައެކެވެ. އަދި ރޯދައަށް ހުރެ ޖިމާޢުވެއްޖެ މީހާ، ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަހިފަން ޖެހޭނެއެވެ. ނުވަތަ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭން ޖެހޭނެއެވެ.
ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުން
ރަމަޟާން މަހުގެ ވަގުތުތައް ކުޅިވަރާއި މަޖަލުގައި ބޭކާރު ނުކުރާށެވެ. ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ތަރާވީޙު ނަމާދާއި ދަމުނަމާދުގައި ބައިވެރިވާށެވެ. އިމާމާ ނިމެންދެން ރޭއަޅުކަމުގައި ބައިވެރިވާ މީހާއަށް މުޅި ރޭ އަޅުކަންކުރުމުގެ ސަވާބު ލިބޭނެއެވެ. އަދި އެއް ހާސް މައްސަރަށް ވުރެ މަތިވެރި ލައިލަތުލްޤަދްރި ވިލޭރޭ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ.
އިޖުތިމާޢީ އަދި ގޭތެރޭގެ ޒިންމާ
ރަމަޟާން މަހަކީ އެކަކު އަނެކަކަށް އެހީތެރިވުމުގެ މަހެވެ. ގޭތެރޭގެ މަސައްކަތްތައް ވަކި ބަޔަކަށް ދޫކޮށްނުލައި، އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ އިސްލާމީ ރިވެތި އާދައެކެވެ. މީގެ އިތުރުން، މުސްލިމު މުޖުތަމަޢެއްގައި ރަމަޟާން މަހުގެ ޙުރުމަތް ދަމަހައްޓަންޖެހެއެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތަކުން ވެސް، އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ކަންކަން ފާޅުކަން ބޮޑު ގޮތެއްގައި ނުކުރުމަށް ސަމާލުކަން ދޭންޖެހެއެވެ.
ނިންމުން
ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމުންގެ ނަފްސުތައް އިޞްލާޙުކޮށް، މާތް اللهގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް ލިބޭ ރަން ފުރުޞަތެކެވެ. މި މަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އަޒުމް ކަނޑައަޅަމާ ހިނގާށެވެ. މާތް الله އަޅަމެން އެންމެންގެ ރޯދައާއި އަޅުކަންތައް ޤަބޫލުކުރައްވާށި! އާމީން.
(މަސްދަރު: (13 ފެބުރުވަރީ 2026 ގެ ހުކުރު ޚުޠުބާ)

ކިޔުންތެރިންގެ ހިޔާލު