މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ސަރަހައްދުގައި މަސައްކަތްކުރާ މަޖޫރީންގެ އަތުން ފައިސާ އެއްކޮށްގެން، މާހެފުމެއްގެ ނަމުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލުގެ ކެމްޕޭން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދު ހޯދުމަށް ބޭއްވި މި މާހެފުމަށް ފައިސާ ހޯދާފައިވަނީ މަޖޫރީން ހިމެނޭ ގޮތަށް ހަދާފައިވާ ޚާއްސަ ވައިބާ ގުރޫޕެއް މެދުވެރިކޮށެވެ. އެ ގުރޫޕަށް އެކައުންޓު ނަމްބަރެއް ފޮނުވައި، މަޖޫރީންގެ ކިބައިން ފައިސާ އަށް އެދިފައިވާކަން ވަނީ ހާމަވެފައެވެ.
މިކަމާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވައިބާ ގުރޫޕަށް ފޮނުވި މެސެޖްގައި ބުނެފައިވަނީ މާހެފުމަށް މަޖޫރީންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، ފެބުރުއަރީ 10 ގެ ކުރިން މާހެފުމުގެ އިންތިޒާމުތައް ފުރިހަމަކުރުމަށް ފައިސާ ދައްކަންޖެހޭ ކަމަށެވެ. މި ހަރަކާތަށް ބައެއް މަޖޫރީން 500 ރުފިޔާ އިން ފެށިގެން 2000 ރުފިޔާއާ ހަމައަށް ފައިސާ ފޮނުވައި، އޭގެ ސްލިޕްތައް ވައިބާ ގުރޫޕުގައި ހިއްސާކޮށްފައިވާކަން ފަޅާއަރާފައިވާ ޗެޓް ލޮގްތަކުން އެނގެއެވެ.
އެމް.ޕީ.އެލް ސަރަހައްދުގައި ބޭއްވި މި މާހެފުމުގައި މޫސާ އަލީ ޖަލީލުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
އާންމުކޮށް މަދު އާމްދަނީއެއް ލިބޭ މަސައްކަތްތެރި މަޖޫރީންގެ އަތުން ފައިސާ ނަގައިގެން ކެމްޕޭން ހަރަކާތެއްގެ ގޮތުގައި މާހެފުން ބޭއްވުމުން، ގިނަ ބައެއްގެ ފާޑުކިޔުން މިކަމަށް ވަނީ އަމާޒުވެފައެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ މަސައްކަތްތެރިންގެ ނާޖާއިޒު ފައިދާ ނަގައިގެން ހިންގާފައިވާ އިންސާފުން އެއްކިބާވެފައިވާ އަމަލެކެވެ.

ކިޔުންތެރިންގެ ހިޔާލު