މާލެ ސިޓީގެ ބިސްބުރު ސަރަހައްދަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާ މި މަންޒަރަކީ، ދާދި ފަހުން އެ ސަރަހައްދުގެ މަގުމަތީގައި އެކި ކުލަކުލައިގެ ކުޑަތައް އެލުވައިގެން ޖަރީކޮށްފައިވާ ހިތްގައިމު މަންޒަރެކެވެ.
މާލޭގެ ކާރޫބާރޫ ބޮޑު މި މަގުތަކަށް ދިރުން ގެނެސްދޭ މި ރީތި ޒީނަތްތެރިކުރުމުގެ ސަބަބުން، އެ ސަރަހައްދުން ދަތުރުކުރާ މީހުންނާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކުގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ.
މިފަދަ ޒީނަތްތެރިކުރުންތަކަކީ ދުނިޔޭގެ އެކި ސިޓީތަކުގައިވެސް މަގުތަކުގެ ރީތިކަން ދައްކާލުމަށާއި، އާންމުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ކުރަމުން އަންނަ ކަމެކެވެ.
ބިސްބުރު ކައިރީގައި މިގޮތަށް ކުލަގަދަ ކުޑަތައް އެލުވުމުން، އެސަރަހައްދަށް އާދަޔާ ހިލާފު ހިތްގައިމުކަމެއް ލިބިފައިވާ އިރު، ގިނަ ބަޔަކު އަންނަނީ މި މަންޒަރުތައް ފޮޓޯއަށް ނަގައި ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. މި މަސައްކަތަކީ މާލެ ސިޓީގެ މާހައުލު އިތުރަށް ރީތިކޮށް، "ވައިބްރަންޓް" ތަނެއްގެ ގޮތުގައި ދެއްކުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ހިތްގައިމުކަން ގެނެސްދޭ މުހިންމު މަސައްކަތެތެކެވެ.

ކިޔުންތެރިންގެ ހިޔާލު