ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި އުކާލުމަށް ނަގާ އަގުތައް ކޮންޓްރޯލް ކުރުމަށް މާލެ ސިޓީ ކައުންސިލަށް ލިބިފައިވާ އިޚްތިޔާރުގެ ބޭނުންކުރުމަށް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިސްމާޢިލް ޒަރިޔަންދު ގޮވާލައްވައިފިއެވެ.
ޒަރިޔަންދު މިކަމަށް ގޮވާލެއްވީ މާލޭގެ މަގުތަކަށް ކުނި ގިނަވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ. ކުރީގެ ޓެންޑަރ ބޯޑްގެ ޗެއާމަން އިސްމާޢިލް ޒަރިޔަންދު ވިދާޅުވީ ކުނި އުފުލުމަށް ވެމްކޯ އިން ނަގަމުންދާ އަގުތައް ބޮޑުވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ތަކްލީފުތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. މިފެށޭ ރަމަޟާން މަހާ ދިމާކޮށް މާލޭގެ މަގުތަކަށް ކުނި ގިނަވެފައިވަނީ ރައްޔިތުންގެ ހާލަތަށް މަޖުބޫރުވެގެން ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
"ވެމްކޯގެ އަގުތަކަކީ އާންމު މެދުފަންތީގެ އާއިލާއަކަށް އެކަށީގެންވާ އަގުތަކެއް ނޫން،" ޒަރިޔަންދު ލިޔުއްވާފައިވެއެވެ.
ޒަރިޔަންދު އިތުރަށް ވިދާޅުވީ، ކުނި އުކާލުމަށް ނަގާ އަގުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކަށް އެ ޚިދުމަތް ހޯދުމަށް މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، މިފަދަ އަގުތައް ކޮންޓްރޯލްކޮށް ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދުވަސްވަރަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭބިސީތަކުން ގިނަ އަދަދަކަށް ކުނި ބޭރުކުރަމުންދާ ދުވަސްވަރަކަށް ވާއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ފުނިތައް ޖަމާވެފައި ހުރުމުގެ ސަބަބުން އާންމުންގެ ޝަކުވާ ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު