ފުވައްމުލަކު ސިޓީގެ ތަރައްޤީއަށްޓަކައި ސަރުކާރުން ވެފައިވާ ބޮޑެތި ވަޢުދުތައް ނުފެށި ލަސްވަމުންދާތީ، އެ ސިޓީގެ ރައްޔިތުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.
"ރަސް" އާއި ވާހަކަ ދެއްކި ފުވައްމުލަކު ރައްޔިތަކު ބުނީ ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވީ ވަޢުދުތަކުގެ ތެރެއިން، މާލޭ ރަސްފަންނު ފަދަ ހިތްގައިމު އާޓިފިޝަލް ބީޗެއް ހެދުމާއި، ރައްޔިތުން ބޭނުންވާ ގޮތަށް ޒަމާނީ ފެންވަރަށް ބަނދަރު ބޮޑުކުރުން ފަދަ މުހިންމު މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް އަދިވެސް ވަނީ ފެށޭގޮތް ނުވެފައެވެ. މީގެ އިތުރުން، ދަރިވަރުންނަށް ޚާއްޞަ ދަނާލަކާއި ޤައުމީ ފެންވަރުގެ ލައިބްރަރީއެއް ޤާއިމުކުރުމަކީ ތަޢުލީމީ ދާއިރާއިން ވެފައިވާ މުހިންމު ވަޢުދުތަކެއް ނަމަވެސް، މި މަސައްކަތްތައް އޮތީ ހަމައެކަނި ކަރުދާހުގެ މަތީގައެވެ.
ޞިއްޙީ ދާއިރާއަށް ބަލާއިރު، ފުވައްމުލަކުގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމާއި، މާބަނޑު މީހުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް ބިނާކުރުމުގެ ވަޢުދުވެސް ވަނީ ފުއްދައިދެވޭ ގޮތް ނުވެފައެވެ. މީގެ އިތުރުން، ޑައިވިންގްގެ ދާއިރާއިން މަޝްހޫރު މި ރަށަށް މުހިންމު ޑިކޯ ޗެމްބަރެއްގެ ޚިދުމަތް ލިބޭނެ ގޮތް ނުވުމަކީ ފަތުރުވެރިކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ރަށުގެ އިޤްތިޞާދާ ގުޅިފައިވާ އެއާޕޯޓުގެ ރަންވޭ ދިގުކުރުމާއި ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ވަނީ މަޑުޖެހިފައެވެ.
އިޖުތިމާޢީ އަދި ބޯހިޔާވަހިކަމުގެ ދާއިރާއިން ވެސް ފުވައްމުލަކު ރައްޔިތުން ތިބީ މާޔޫސްކަމެއްގެ ތެރޭގައެވެ. އެގޮތުން ހައުސިންގ މަޝްރޫޢުތަކާއި، އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ކޮމްޕްލެކްސްއެއްގެ މަސައްކަތް ނުފެށިވާއިރު، އިކޯ ޓޫރިޒަމާއި ސިޓީ ހޮޓާ ފަދަ އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތައް ވެސް ވަނީ ނުފެށިފައެވެ. އަދި ސަރުކާރުގެ އޮފީސްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް ވީ ވަޢުދު، "ވަގުފް ބިނާ" ގެ މަސައްކަތް ވެސް އަދި ވަނީ ފެށޭ ގޮތް ނުވެފައެވެ. މި ހުރިހާ މަޝްރޫޢުތަކެއް ނުފެށި އޮތުމަކީ ރަށުގެ ތަރައްޤީއަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު