ޓްރަމްޕް ވައިޓްހައުސް އަށް ވަޑައިގަނެ، ވައިޓްހައުސްގެ ބެލްކަނީގައި ހުންނަވައި މާސްކް ނަންގަވަނީ
ޓްރަމްޕް ވައިޓްހައުސް އަށް ވަޑައިގަނެ، ވައިޓްހައުސްގެ ބެލްކަނީގައި ހުންނަވައި މާސްކް ނަންގަވަނީ
ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލީގެ އަލާމާތްތައް ފެނުމާއެކު ވަލްޓަރ ރީޑް ނެޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުގައި އެޑްމިޓްވެ ވަޑައިގެންފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާލުކޮޅު ރަނގަޅުވެ، 3 ދުވަހަށްފަހު ގެއަށް ވަޑައިގަންނަވައިފިއެވެ.

އިއްޔެގެ ވަގުތެއްގައި ޓްރަމްޕްގެ ސިއްހީ ހާލަތުގެ ކުރިއެރުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕްގެ ޑޮކްޓަރ ޝޯން ކޮންލީ ބުނެފައިވަނީ، ޓްރަމްޕްގެ ހާލުކޮޅު ރަނގަޅުވެ، ވަލްޓަރ ރީޑް ސެންޓަރުން ގެއަށް ވަޑައިގަތުމަށް ބަލާ މިންގަނޑަށް ފެތި، ޓްރަމްޕް ގެއަށް ވަޑައިގަތުމުގެ ހުއްދަލިބިފައިވާކަމަށެވެ. ނަމަވެސް ޓްރަމްޕް މުޅިން ކޮވިޑް އިން ސަލާމަތް ވެވަޑައިގެންނެވި ކަމަށް ނުބެލެވޭތީވެ، ޓްރަމްޕް ގޭގައިވެސް ހުންނަވާނީ ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި ކަމަށް ޓްރަމްޕްގެ ޑޮކްޓަރ ޝޯން ކޮންލީ ބުނެފައިވެއެވެ.

މިކަމާގުޅޭގޮތުން ޓްވީޓް ކުރައްވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ މީގެ 20 އަހަރު ކުރިއަށް ވުރެވެސް ކޯވިޑާއެކު އޭނާގެ ހާލު ކޮޅު ރަނގަޅުވެ ބާރު ޖެހިއްޖެ ކަމަށެވެ. އަދި ކޮވިޑް ދެކެ ބިރު ނުގަތުމަށްވެސް ޓްރަމްޕްގެ ޓްވީޓުގައި ގޮވާލައްވައިފައި ވެއެވެ.

ޓްރަމްޕް ކޯވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުމުންވެސް، ކޮވިޑްގެ ނުރައްކާތެރިކަން ގަބޫލު ނުކުރައްވާކަން ޓްރްމްޕްގެ ޓްވީޓުން ހާމަވާކަމަށް ބުނެ ވަރަށް ބޮޑެތި ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ.

އެމެރިކާއަކީ ކޮވިޑް-19 ގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމު ކަމަށް ވާއިރު، އެމެރިކާގައި ބަލި ކޮންޓްރޯލުކުރުމުގައި ޓްރަމްޕް ފެއިލްވެވަޑައިގެން ވަރަށް ބޮޑެތި ފާޑުކިޔުންތައްވެސް އަމާޒުވެފައިވެއެވެ.

އެމެރިކާގެ ވައިޓް ހައުސްއިން އެންމެފަހުން އާންމުކޮށްފައިވާ ވީޑިއޯ އިން، ޓްރަމްޕް ވައިޓްހައުސް އަށް ވަޑައިގެން، ވައިޓްހައުސްގެ ބެލްކަނީގައި ހުންނަވައި މާސްކް ނަންގަވާތަން ފެނިފައިވެއެވެ. މިވީޑިޔޯ މެދުވެރިކޮށް އާންމުންނާ ވާހަކަ ދައްކަވަމުން، ދުނިޔޭގެ އެންމެ ރަނގަޅު ބޭސްފަރުވާ އެމެރިކާގައި ލިބެން އެބަހުރިކަމަށާއި ކޮވިޑް ދެކެ ބިރުނުގަތުމަށް ގޮވާލައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


13

ތިމަންނަ

07-Oct-2020

ޓްރަމްފް = އަބުދު ރަހީމު = ޖާބިރު = ނަޝީދު ބުއްދި އުނިކަމަށް ފެންނަ މީހުން...



ޓްރެންޑިން