ސިޔާސީ ހިޔާލު ތަފާތުވުން އެއްފަރާތްކޮށް ރައީސް ޑރ. މުއިއްޒު ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ފަށަންޖެހޭ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ގުޅިގެން މަސައްކަތް ފަށަންވެއްޖެ ކަމަށް އިދިކޮޅު ފަރާތްތަކަށް މަލީހް ޖަމާލް ގޮވާލީ އޭނާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި މަލީހް ވިދާޅުވީ، ރައީސް މުއިއްޒު ވަނީ ގާނޫނުއަސާސީ މަރާލައި ކަތިލާފައި ކަމަށެވެ.

އަދި ރައީސް މުއިއްޒު ވަނީ "ރަތް ރޮނގު" ފަހަނައަޅައި ގޮސްފައި ކަމަށް ފާހަގަކުރައްވައި މަލީހް ވިދާޅުވީ، ސިޔާސީ ތަފާތުވުންތައް އެއްފަރާތްކޮށް، ގައުމީ މަސްލަހަތަށްޓަކައި ރައީސް މުއިއްޒު ވެރިކަމުން ދުރުކުރުމުގެ މަސައްކަތް މިހާރުން މިހާރު ފަށަންޖެހޭ ވަގުތު ޖެހިފައިވާ ކަމަށެވެ.

މިވަގުތަކީ ރައީސް މުޢިއްޒު ވަރިކަމުން ދުރުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް މަލީހްގެ ވިދާޅުވެފައި މިވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ގާނޫނީ އިންތަކާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މިހާރުގެ ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ކަންކަން ކުރަމުންދާ ކަމަށް ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު