ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ބިދޭސީ މުވައްޒަފުން ރާއްޖެއަށް ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ ދެއްކުމުން އިސްތިސްނާ ކުރެވޭނެ ހާލަތްތަކެއް ކަނޑައެޅުމަށްޓަކައި، ވަޒީފާއާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި މި ބިލު ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒެވެ.
ވަޒީފާއާބެހޭ ގާނޫނުގެ 65 ވަނަ މާއްދާއަށް ގެންނަން ހުށަހަޅާފައިވާ މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުންތައް ބާޠިލުކުރުމުގެ އުސޫލުތައް ހަރުދަނާކުރުމާއި، ބިދޭސީ މުވައްޒަފުން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ މުރާޖަޢާކޮށް، ބައެއް ފަރާތްތަކުން އެ ފީ ދެއްކުމުން އިސްތިސްނާކުރުމެވެ.
މި އިސްލާހުގައި ބުނެފައިވަނީ، ވަކި ބާވަތެއްގެ ވިޔަފާރިތަކަށް ނިސްބަތްވާ ވަޒީފާ ދޭ ފަރާތްތަކުން ދައްކަންޖެހޭ ކޯޓާ ފީ ދެއްކުމުން އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވާ ކަމަށެވެ. މީގެ ބޭނުމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ވިޔަފާރިތަކުގެ ބާވަތަށް ރިއާޔަތްކޮށް، އާދައިގެ ވިޔަފާރިތަކަށް ކުރިމަތިވާ މާލީ ބުރަ ކުޑަކުރުމެވެ.
މިގޮތަށް ކޯޓާ ފީ ދެއްކުމުން އިސްތިސްނާ ދެވޭނެ ވިޔަފާރިތައް ކަނޑައެޅުމުގައި ވަޒީރުންގެ މަޖިލީހުން ރިއާޔަތް ކުރަންޖެހޭނެ މުހިންމު އުސޫލުތަކާއި ކަންކަން ވެސް މި ބިލުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.
މި ބިލުގެ އިބުތިދާއީ ބަހުސް މިހާރު މަޖިލީހުގައި ދަނީ ކުރިއަށްގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު