ދުނިޔެ ނިމުމަކަށް އަންނާނެ ވަގުތަކީ ކައުއިތުރު ރަސޫލާ ﷺ އާއި މަލާއިކަތުންނަށްވެސް ވަންހަނާ ވެފައިވާ ޢިލްމެއް ކަމަށާއި، އެކަމުގެ ހަމައެކަނި ފެންނަން އޮތީ ޤިޔާމަތުގެ ސާފު އަލާމާތްތައް ކަމަށް ދީނީ އިލްމުވެރިން އިއްތިފާގުވެއެވެ.
ނަމަވެސް ތާރީޚުގެ ތެރޭގައި އެކި އިލްމުވެރިންނާއި ސައިންސްވެރިން ވަނީ ތަފާތު ހިސާބުތަކާއި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ދުނިޔެ ނިމޭނެ ކަމަށް ބެލެވޭ ތާރީޚުތަކެއް ލަފާކުރަށްވާފައެވެ.
މިގޮތުން މަޝްހޫރު ސައިންސްވެރިޔާ އައިޒަކް ނިއުޓަން ބުނެފައިވާ ގޮތުގައި މީލާދީން 2060 ވަނަ އަހަރު ދުނިޔެ ނިމުމަކަށް އަންނާނެއެވެ. މީގެ އިތުރުން، ހިޖުރީ ސަނަތުން 911 ވަނަ އަހަރު އަވަހާރަވި މަޝްހޫރު އިލްމުވެރިޔާ ޖަލާލުއްދީން އަލް-ސުޔޫތީގެ "އަލް-ކަޝްފު" ފޮތުގައި ލިޔުއްވާފައިވަނީ މުސްލިމް އުންމަތުގެ އުމުރަކީ 1000 އަހަރަށްވުރެ ގިނަ، ނަމަވެސް 1500 އަހަރަށްވުރެ ކުރު މުއްދަތެއް ކަމަށެވެ.
ދުނިޔެ ނިމުމުގެ ތާރީޚުތަކާ ގުޅޭގޮތުން އަހުމަދު ރަޒާ ޚާން ބަރޭލްވީ "މަލްފޫޒާތު" ގައި ފާހަގަކުރައްވާފައިވަނީ، އިލްމީ ހެކިތަކަށް ބަލާއިރު ހިޖުރީ ސަނަތުން 1837 ވަނަ އަހަރާ ހަމައަށްދާއިރު އިސްލާމީ އެއްވެސް ވެރިކަމެއް ނޯވެދާނެ ކަމަށެވެ. އަދި ހިޖުރީ ސަނަތުން 1900 ވަނަ އަހަރު އިމާމް މަހުދީގެފާނު ފާޅުވާނެ ކަމަށްވެސް އޭނާ ލަފާކުރެއްވިއެވެ.
މިފަދަ ހުރިހާ ލަފާކުރުންތަކެއް ހުރި ނަމަވެސް، އާސިމް އަލް-ހައްގު ފާހަގަކުރައްވާފައިވަނީ ގިޔާމަތްވާނެ ސީދާ ވަގުތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ސުބުހާނަހޫ ވަތައާލާ ކަމަށެވެ. އެހެންކަމުން، އެއްވެސް އިންސާނަކު ކުރާ މިފަދަ ހިސާބުތަކަކަށް ނުވަތަ ލަފާކުރުންތަކަކަށް އީމާންވެ، އެއީ ހަގީގަތް ކަމުގައި މުސްލިމުން ނުދެކުމަށް އޭނާ ނަސޭހަތްތެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު