އަތޮޅު ހޮސްޕިޓަލުތަކަށް ބޭނުންވާ ލޯންޗުތައް މިމަހުގެ ނިޔަލަށް ފޮނުވައި ނިމޭނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެެ އެވެ.
ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޘިމް އިބްރާހީމް މިހެން ވިދާޅުވެފައިވަނީ ގއ އަތޮޅަށް ބޭނުންވާ ލޯންޗު ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ބައްލަވާލައްވައި، ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ހެލްތު މިނިސްޓަރ ނާޘިމް ވިދާޅުވީ އަތޮޅުތަކުގައި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެ މުހިންމު ސިޔާސަތަކީ އަތޮޅު ހޮސްޕިޓަލްތަކުން ސިއްޙީ މަރުކަޒުތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށެވެ. ރީޖަނަލް ހޮސްޕިޓަލާއި އަތޮޅު ހޮސްޕިޓަލުގައި ތިއްބަވާ ޚާއްސަ ޑޮކްޓަރުން އަތޮޅުގެ އެކި ރަށްތަކަށް ޒިޔާރަތްކުރުމަށް މީގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މިކަން ހަރުދަނާކޮށް ގެންދިޔުމަށްޓަކައި ކޮންމެ އަތޮޅު ހޮސްޕިޓަލެއްގައި އަދި ރީޖަނަލް ހޮސްޕިޓަލެއްގައިވެސް ދަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްވެފައި އޮތުމަކީ މުހިންމުކަމެއްކަމަށާއި، ސިއްޙީ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ލޯންޗު ލިބިފައި ނެތް އަތޮޅުތަކަށް ލޯންޗު ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން ލޯންޗު ލިބިފައިނެތް 7 އަތޮޅެއްގެ ލޯންޗު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. އެގޮތުން މިމަހުގެ ނިޔަލަށް ލޯންޗު ނެތް ހުރިހާ އަތޮޅަކަށް ލޯންޗު ފޮނުވައި މަސައްކަތް ނިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިޖަނަވަރީ މަސް ނިމުމުގެ ކުރިން މި ދެންނެވި 7 އަތޮޅަށް ލޯންޗު ފޯރުކޮށްދެވޭނެ. މިއަދު އަޅުގަނޑުމެން މި ފޯރުކޮށްދިނީ ދެ އަތޮޅަކަށް ބޭނުންވާ ލޯންޗު އެއީ ހުވަދު އަތޮޅުގެ ވަރަށް އަވަހަށް ދާލު އަތޮޅަށްވެސް ފޯރުކޮށްދެވޭނެ. ބާކީ އިން 4 އަތޮޅުތަކަށް މިމަސް ނިމުގެ ކުރިން ފޯރުކޮށްދެވޭނެ. މިކަމުގެ ސަބަބުން އަޅުގަނޑުމެން އައުޓްރީޗް ޕްރޮގްރާމްތައް މިގެންގުޅޭ މަސައްކަތައް ލުއިކަން ލިބިގެންދާނެ. ހާއްސަކޮށް ސީ އެމްބިއުލާންސް ނުލިބިގެން އުޅޭ ހާލަތެއްގައި ކުރަން ޖެހޭ ދަތުރުތައް މި ލޯންޗުތަކުން ކުރެވިގެންދާނެ" ވަޒީރު ވިދާޅުވިއެވެ.
ހެލްތް މިނިސްޓްރީން ވިދާޅުވީ އަތޮޅު ހޮސްޕިޓަލްތަކުގައި ބޭނުންކުރުމަށް 7 ލޯންޗެއް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި އެ ވުޒާރާއި ގުޅިގެން ކުރިޔަށްގެންދާ، އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ ޕްރޮޖެކްޓްގެ ކުރިއަށްދާކަމެއްކަމަށެވެ.
މި ޕްރޮޖެކްޓްގެ ދަށުން ގެންނަށް ހަމަޖެހިފައިވާ 7 ލޯންޗްގެ ތެރެއިން 3 ލޯންޗެއް މިހާރުވަނީ މާލެ ގެނެވިފައެވެ. އެޕްވެކްސް ޕްރޮޖެކްޓްގެ ދަށުން ގެނެވޭ ލޯންތަކާއެކު، ހުރިހާ އަތޮޅު ހޮސްޕިޓަލްތަކަށް ލޯންޗްތައް ފޯރުކޮށްދެވިގެންދާނެކަމަށް ސިއްހީ ވުޒާރާއިން ވިދާޅުވިއެވެ.
ހެލްތް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، މަލްޓިޕަރޕަސްކޮށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ 20 ސްޕީޑް ލޯންޗް 20 އަތޮޅަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ހުރިހާ އަތޮޅަކަށްވެސް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ 38 ފޫޓުގެ ދިގުމިނުގެ ލޯންޗުތަކެވެ. ނަމަވެސް ހުވަދު އަތޮޅު އަދި ފުވައްމުލަކަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 42 ފޫޓުގެ ބޮޑެތި ސްޕީޑް ބޯޓްތަކެއްކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު