ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ މައި ދޮރޯށްޓަށް ވާއިރު، އެ ތަނުން ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަ އަދި އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުވެފައި އޮތުމަކީ ނުހަނު މުހިންމު ކަމެކެވެ. މިގޮތުން އެއާޕޯޓް ޓެކްސީ ލައިނަކީ ފަސިންޖަރުންނަށް ފަސޭހަކަމާއެކު މާލެ އަދި ހުޅުމާލެއަށް ދަތުރުކުރުމުގެ މަގު ފަހިކޮށްދިނުމަށް އުފައްދާފައިވާ ހިދުމަތެކެވެ. ނަމަވެސް، މި ފަހަކަށް އައިސް މި ހިދުމަތުގެ އަގުތަކާ ގުޅޭގޮތުން އާންމުންގެ ބޮޑެތި ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ.
ކަނޑައެޅިފައިވާ އަގަށްވުރެ ބޮޑު އަގު ނެގުން
ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެއާޕޯޓް ދަތުރުތަކަށް ރަސްމީ އަގުތަކެއް ކަނޑައަޅާފައިވީ ނަމަވެސް، ގިނަ ޓެކްސީ ޑްރައިވަރުން އެ އަގުތަކަށް އަމަލެއް ނުކުރެއެވެ. ސްޓޭންޑަޑް ރޭޓްތަކަށްވުރެ މާ ބޮޑު އަގުތަކެއް ފަސިންޖަރުންގެ އަތުން ދަނީ ނަގަމުންނެވެ. ބައެއް ޑްރައިވަރުން ކަނޑައެޅިފައިވާ އަގުގައި ދަތުރުކުރަން ދެކޮޅު ހަދައި، ދަތުރުގެ ފީ ބޮޑުވެފައިވާ ކަމަށް ބުނެ އަމިއްލަ އަގުތައް ހުށަހަޅައެވެ. މިކަމުގެ ސަބަބުން، ދިގު ދަތުރަކަށްފަހު ވަރުބަލިވެފައި ތިބޭ ފަތުރުވެރިންނާއި ދިވެހި ދަތުރުވެރިންނަށް މަޖުބޫރުވަނީ އިތުރު ގޮތެއް ނެތުމުން ބޮޑު އަގު ދައްކައިގެން ދަތުރުކުރާށެވެ.
މިނިސްޓްރީގެ ބެލެހެއްޓުން ބަލިކަށިވުން
މި މައްސަލަ މިހާ ބޮޑުވެގެން ގޮސްފައިވަނީ ދަތުރުފަތުރާބެހޭ ވުޒާރާއަށް ޓެކްސީ ޚިދުމަތް އެދެވޭ ގޮތެއްގައި ރެގިއުލޭޓް ނުކުރެވޭތީއެވެ. ޑްރައިވަރުން އަމަލުކުރަމުންދަނީ ގާނޫނީ ފިޔަވަޅެއް އަޅާފާނެކަމުގެ ބިރެއްނެތި، އަމިއްލަ އުސޫލުތަކަކަށެވެ. މިއީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ގަވާއިދުތައް ތަންފީޒުކުރުމުގައި ފެއިލްވެފައިވާ ކަމުގެ ހެއްކެކެވެ. ގަވާއިދާ ހިލާފަށް ބޮޑު އަގު ނަގާ ފަރާތްތަކާ މެދު ފިޔަވަޅު ނޭޅުމަކީ މި ފަދަ އަމަލުތަކަށް ލިބޭ ހިތްވަރެކެވެ.
އެއާޕޯޓް ސެކިއުރިޓީ އާއި ފުލުހުންގެ ދައުރާއި މުވައްޒަފުންގެ ހާލަތު
ޓެކްސީ ކިއުތައް ބެލެހެއްޓުމާ ހަވާލުވެ ތިބޭ އެއާޕޯޓް ސެކިއުރިޓީ މުވައްޒަފުންނާ މެދުވެސް އާންމުންގެ ހިތުގައި ވަނީ ހިތްހަމަނުޖެހުން އުފެދިފައެވެ. އާންމު ފަސިންޖަރުންނަށް ބޭއިންސާފުން ދިމާވާ ކަންކަމުގައި އެ ފަރާތްތަކުން ތަދައްޚުލް ނުވާކަން ފާހަގަކުރެވެއެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މިފަދަ ނުހައްގު އަމަލުތަކަށް ހިމޭނުން ތިބެނީ އެކަމުން އެ މީހުންނަށް ވެސް ފައިދާތަކެއް ލިބޭތީއެވެ. މީގެ އިތުރުން، އެއާޕޯޓްސް ކޮމްޕެނީގެ އާމްދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ދިޔަ ނަމަވެސް، މުވައްޒަފުންގެ މުސާރަ އެކި ނަންނަމުގައި ކުޑަކުރަމުންދާ ކަމުގެ ޝަކުވާތަކަކީ ވެސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް އަސަރުކުރާ ކަމެކެވެ.
ނިންމުމާއި ހުށަހެޅުން
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އެއާޕޯޓްގެ ޓެކްސީ ސަރަހައްދުގައި ދަތުރުތަކުގެ ރަސްމީ އަގުތައް ފެންނާނެހެން ބޮޑެތި ޑިސްޕްލޭ ބޯޑުތައް ހަރުކުރަންޖެހެއެވެ. ހަމައެއާއެކު ޝަކުވާ ހުށަހެޅުމަށް ފަސޭހަ ނިޒާމެއް ގާއިމުކޮށް، ގަވާއިދާ ހިލާފުވާ ޑްރައިވަރުންނަށް ވަގުތުން ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
އޭގެއިތުރުން އެއާޕޯޓް ސެކިއުރިޓީ މުވައްޒަފުންނާއި، ޓެކްސީ ލައިން ބަލަހައްޓަށް ތިއްބަވާ ފުލުހުންގެ ޒިންމާތައް ހަރުދަނާކޮށް، އެފަރާތްތަކުން ވާޖިބު އަދާކުރާކަން މޮނިޓަރ ކުރުމަކީ މުހިންމު ކަމެކެވެ. އަދި ޓެކްސީ ހިދުމަތަކީ އިތުބާރު ހުރި، އިންސާފުވެރި އަގުތަކެއްގައި ދެވޭ ހިދުމަތެއްކަން ކަށަވަރު ކުރަން ޖެހެއެވެ.
ޤަބޫލު ކުރަންޖެހޭ ޙަޤީޤަތަކީ އެއާޕޯޓް ޓެކްސީގެ ހިދުމަތަކީ ހަމައެކަނި ވިޔަފާރިއެއް ނޫން ކަމެވެ. އެއީ ގައުމުގެ އަބުރާއި، ދަތުރުވެރިންގެ އިތުބާރާ ގުޅިފައިވާ ހިދުމަތެކެވެ. އެހެންކަމުން، ރަސްމީ އަގުތަކަށް އަމަލުކުރުމަކީ އެންމެންނަށް ވެސް އެންމެ ފައިދާހުރި އަދި އިހުތިރާމް ލިބޭނެ ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު